އެމްޑީޕީއިން މިއަދު ކުރިއަށް ގެންދިޔަ ކެމްޕޭން ހަރަކާތް -- ފޮޓޯ/އެމްޑީޕީ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތު ކުޑަތަންވެފައިވަނިކޮށް އިދިކޮޅުން ދޮގު މައުލޫމާތު ފެތުރުމާއި އެންޓިކެމްޕޭން ކުރުން އިތުރުވެފައިވާ މައްސަލަ އެމްޑީޕީއިން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބުގެ ދެވަނބުރުގެ ވޯތުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް މިސްއިންފޮމޭޝަން ކެމްޕޭނެއް އިދިކޮޅުން ހިންގައި، އޭގެތެރެއިން އަސްލެއްނެތް ދޮގުތައްކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގއި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކުން ހިންގަމުން މިގެންދާ ކެމްޕޭނަކީ އެމްޕީއާއި އަދާލަތު ޕާޓީއާއި އަދި އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގައި މަސައްކަތް ކުރާ އެންމެހާ ބައިވެރިން އިންތިހާއަށް ކަންބޮޑުވާކަމެެއް ކަމަށާއި މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.
"ރިޔާސީ އިންތހާބުގެ ފުރަތަމަބުރުގައިވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރާން އެންޓކެމްޕޭނުކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތްކޮށްފައިވާކަން މިފުރުސަތުގައި ފާހަގަކުރަން. ގައުމުގެ މުސްތަގުބަލް ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއް ނެތް ދޮގުފަތުރާ ދޮގުގެ ޒަރިއްޔާއިން އިންތިހާބު ވަގަށް ނަގަން މަސައްކަތް ކުރުމަކީ ފިނޑިއަމަލެއް." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ރާވާއިގެން ހިންގާ މިފަދަ މިސްއިންފޮމޭޝަންގެ ކެމްޕޭނުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި އަދި ނުރައްކާތެރި ބާރުތަކުގެ އަތްމައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެ ކަމަށާއި އެހެންކަމުން ރާވައިގެން ހންގާ މިފަދަ ބޮޑެތިނ ދޮގުތަކާމެދު ރައްޔިތުން ހޭލާތިބުމަށް އެމްޑީޕީއިން ވަނީ ގޮވާލައިފައެވެ.
0%
0%
0%
0%
0%
22 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1