މިރޭ ދ. ކުޑަހުވަދޫގައި ކުރިއަށްދިޔަ ކެމްޕެއިން ޖަލްސާގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ދައުރަށް އެކުލަވާލި މެނިފެސްޓޯގައި މަތީ ތައުލީމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމަނައިފިއެވެ.
ޖުމްލަ 8 ކެންޑިޑޭޓުން އަންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާއިރު މެނިފެސްޓޯއެއް އެކުލަވާލައި އާންމުންނާއި ހަމައަށް އެންމެ ފުރަތަމަ މެނިފެސްޓޯ ގެނެސްދިން ރިޔާސީ ކެންޑިޑޭޓަކަށް ވެގެންމިދިޔައީ ރައީސް ސޯލިހެވެ. އެމަނިކުފާނުގެ ރަނިންމޭޓަކީ މިވަގުތު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
މެނިފެސްޓޯ އިފްތިތާހުކޮށްދެއްވާފައިވަނީ މިރޭ ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.
"އުފާވެރި އަމާން ރާއްޖެ" މި ސްލޯގަންގެ ދަށުން އެމްޑީޕީން ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު ޖުމްލަ 5 ސިޔާސަތެއް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. އެ 5 ސިޔާސަތަކީ
މަތީ ތައުލީމާއި ގުޅުންހުރި ވައުދުތައް ހިމަނާފައިވަނީ "އުފެއްދުންތެރި ފުދުންތެރި ޖީލު"ގެ ދަށުންނެވެ. ރައީސް ސޯލިހުގެ މިދައުރުގައިވެސް މަތީ ތައުލީމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީފައިވެއެވެ. އެގޮތުން ކޮށްފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ "ފްރީ ޑިގްރީ" ޕްރޮގްރާމް އިފްތިތާހުކުރުމެވެ.
ޖަލްސާގައި ރައީސް ސޯލިހު ވަނީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ތައާރަފުކުރި ހިލޭ ޑިގްރީ ޕްރޮގްރާމުން 18،000 އަށްވުރެ ގިނަ ކުދިންނަށް ޑިގްރީ ފެންވަރަށް ކިޔެވުމަށް ފުރުސަތު ހޯދައިދެވިއްޖެ ކަމަށާއި އޭގެ ތެރެއިން 7،000 އަށްވުރެ ގިނަ ކުދިން މިހާރު ހިލޭ ޑިގްރީ ޕްރޮގްރާމުން ދަސްވެނިވެފައިވާކަމަށް ވިދާޅުވެފައެވެ.
މަތީ ތައުލީމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް މެނިފެސްޓޯގައި ހިމަނާފައިހުރިއިރު އޭގެ ތެރޭގައި ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ސްޓުޑެންޓް ލޯނުން ވަކި މިންވަރެއް މައާފްކޮށްދިނުން ހިމެނެއެވެ. އަދި ސްޓުޑެންޓް ލޯނު ދެއްކުމާއި ދޭތެރޭ އޮންނަ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން ތައުލީމީ ނިޒާމް މިހާރަށްވުރެ ޒަމާނީކުރުމާއި، ސްޓުޑެންޓް ވިސާ ތައާރަފްކުރުމާއި، މާލެއާއި އަދިވެސް އާބާދީ ބޮޑެތި އެހެން ސަރަހައްދުތަކުގައި ދަނާލުތައް ގާއިމްކުރުން ހިމެނެއެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް ސެޓިފިކެޓް 1އިން ފެށިގެން ހިލޭ ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުން މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާއިރު މިއީ މިހާތަނަށް ރާއްޖޭގެ ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ އިންތިޚާބަށް ވެގެންދާނެއެވެ. މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވަނީ ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރުމަށް ނިންމުމާއެކު އިންތިޚާބު ކާމިޔާބުކުރުމަށް ފަސޭހަވާނެކަމަށް ވިދާޅުވެފައެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1