ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާ ހިޔާ ފްލެޓްތަކުގެ ފިނިޝިންގް ނިންމަން ޙަރަދުވި 2 ލައްކަ ރުފިޔާ އަނބުރާ ދިނުމަށްވީ ވައުދު ފުއްދެއްވާނެކަމަށް ބުނެ އިއްޔެ އެމަނިކުފާނު ހާމަކުރެއްވި ނަންބަރުތައް ދިމާނުވުމުން ގިނަބަޔަކު ފާޑު ކިޔައިފިއެވެ.
ހިޔާ ފްލެޓުތައް ނިންމަން ހިނގި އެވްރެޖު ހަރަދަކީ 200،000ރ. ކަމަށް ބަލައި، ކޮންމެ ފްލެޓަކަށް އެ ފައިސާ ދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދުމަށް ކެބިނެޓުން އިއްޔެ ނިންމީ، ފްލެޓުގެ ކުލި ހަތް އަހަރު ދުވަހަށް ކުޑަކުރުމަށެވެ. އެ ނިންމުމާއެކު ދެން ދައްކަން ޖެހޭނީ މަހަކު 3984.21ރ. އެވެ.
ހިޔާ ފްލެޓުގެ 16 ޓަވަރުގައި 7،620 ފްލެޓު އެބަ ހުއްޓެވެ. އެތަންތަނުގެ ފުރަތަމަ ކުއްޔަކީ މަހަކަށް 7،500ރ. އެވެ. ނަމަވެސް ފްލެޓުވެރިންގެ ޝަކުވާއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި އަހަރުގެ މެއި މަހު، ކުލި 5،300ރ. އަށް ކުޑަކުރި އެވެ. އެއީ ހަތް އަހަރު ދުވަހުގެ މުއްދަތަށެވެ. މި ބަދަލު ގެނައީ ކުލީގެ މުއްދަތު 25 އަހަރުން 27 އަހަރަށް ދިގު ދަންމާލައިގެންނެވެ. އެހެންވެ، މަހު ކުލި ކުޑަވިޔަސް، ޖުމުލަ އަގު ކުޑައެއް ނުވެ އެވެ.
އެ ބަދަލާއެކު 5،300ރ ކުލި ދައްކަން ފެށީ ޖޫން މަހުން ފެށިގެންނެވެ. ލުއި ދިން ހަތް އަހަރުގެ މުއްދަތު ހަމަވާނީ މެއި 2030 ނިޔަލަށެވެ.
އެހެންނަމަވެސް ރައީސް އިއްޔެ އިއުލާން ކުރެވި ހިސާބަށް ބަލާއިރު, މަހަކު 3،984 ކުލީގެ ގޮތުގައި 7 އަހަރަށް ދެއްކުމުން މުޅިއެކު ކޮންމެ ފްލެޓަކުންގެ އުނިވެގެން ދަނީ 110،526.36 ރުފިޔާއެވެ. އެ އަދަދަށް ބަލާއިރު, ދެލައްކަ ރުފިޔާ ހަމަކުރުމަށް ކޮންމެ ފްލެޓަކަށް ސަރުކާރުން އަދިވެސް 89,456 ރުފިޔާ ދޭން ޖެހެއެވެ.
އެގޮތުން ބަލާއިރު، ކުއްޔަށް ގެނައި ބަދަލަކީ 3،984.21 އަށްވާއިރު، އެއީ މަހަކަށް 1315.79ރ. ގެ ލުޔެކެވެ. އަހަރަކަށް ބަލާނަމަ 15،789.48ރ. އެވެ. އަދި ހަތް އަހަރަށް 110،526.36ރ. އެވެ.
އެހެންނަމަވެސް ރައީސް ދެއްވަން ވައުދުވި 200,000 ރުފިޔާ ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް ދެއްވުމުގެ ބަދަލުގައި, ވެވަޑައިގެންނެވި ވައުދާ ޚިލާފްވިކަމަށް ބުނެ ގިނަބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1