އާޒިމްގެ ނުރުހުން ދެ ކެންޑިޑޭޓުންނަށްވެސް ވަނީ އަމާޒުވެފައި، ފޮޓޯ: އަވަސް
ދިވެހި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ގެނެސް، އަވަހަށް މުއިއްޒުވެސް ވެރިކަމުން ބޭލުންކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާއިމެދު ގޮތެއް ކަނޑައެޅުމަށް މިރޭ އެޕާޓީން ބޭއްވި އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ޚިޔާލުފާޅުކުރައްވަމުން އާޒިމް ވިދާޅުވީ އޮތް ގޮތަކީ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރުން ކަމަށެވެ. އަދި އެއަށްފަހު މުއިއްޒު ވެރިކަމަށް ގެނެސް، މުއިއްޒުވެސް ވެރިކަމުން ވީހާވެސް އަވަހަކަށް ބޭލުންކަމަށް އާޒިމް ވިދާޅުވިއެވެ.
މިވަގުތަށް ތިއްބެވި ދެ ކެންޑިޑޭޓުންނަކީވެސް ރައްޔިތުންނަށް ރަނގަޅު ނުވާނެ ދެ ބޭފުޅުންގެ ގޮތުގައި ސިފަކުރައްވާ އާޒިމް ވިދާޅުވީ ވިސްނަންވީ ޑިމޮކްރެޓްސްގެ އެކަނި މަސައްކަތުން މިނޫން ގޮތެއް ހޯދޭނެ މަގެއްކަމަށެވެ.
"އަޅުގަނޑު ނުދެކެން މި ދެ ކެންޑިޑޭޓުންނަށްވުރެ (ރައީސް ސޯލިހާއޑރ މުއިއްޒު) ސިޔާސީގޮތުން މިހާ ދޮގު ހަދާ ބަޔަކު. މިހެން ބުނަން ޖެހިލުންވެސްވޭ. އެއީ މިއިން ކޮންމެވެސް އެއް ބޭފުޅަކު ޔަގީނުންވެސް ވެރިކަން ކުރައްވާނެ"
އާޒިމް ވަނީ ވައްކަންކޮށް ކޮރަޕްޓްވެފައިވާ ބަޔަކާއި ނުވަތަ މީހުން އަޅުވެތިކުރާ ބަޔަކާއި ގުޅުމަށް ވިސްނައިގެން ނުވާނެކަމަށް ވިދާޅުވެފައެވެ. ވިސްނުމަކަށް ވާންޖެހޭނީ ޑިމޮކްރެޓްސްގެ އެކަނި މަސައްކަތުން މިނޫން ގޮތެއް ރައްޔިތުންނަށް ހޯދައިދެވެން އޮތްތޯ ބެލުންކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަކީ ރައީސް ސޯލިހު ބަލިކޮށް، މުއިއްޒު ވެރިކަމަށް ގެނެސް މުއިއްޒުވެސް ވެރިކަމުން ބޭލުންކަމަށް އާޒިމް ވިދާޅުވިއެވެ.
މިރޭ ކުރިއަށްދިޔަ ކައުންސިލް ބައްދަލުވުމުގައި ޑިމޮކްރެޓްސްއިން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ގޮތް ނިންމުމަށް ދަ ޑިމޮކްރެޓްސް ޕާޓީއިން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެމްޑީޕީ އަދި ޕީއެންސީއަށްވެސް އިތުރު ފުރުސަތެއް ދިނުމަށެވެ. އެ ދެ ޕާޓީއިންވެސް 20 ސެޕްޓެމްބަރުގެ ކުރިން އެކަމަށް ގޮތެއް ނުނިންމާ ހިނދަކު އެއްވެސް ޕާޓީއާއަކާ ނުގުޅި އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަނެއް ނުހަދާ މަޑުކުރުމަށް ޕާޓީން ވަނީ ނިންމާފައެވެ.
0%
0%
0%
0%
0%
23 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1