އީސީއަށް މެމްބަރުން އައްޔަންކުރާނީ މަޖިލީހުން
ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ގޮނޑިއަށް މެމްބަރަކު އައްޔަންކުރުން އަވަސްކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އެދެފިއެވެ.
އީސީގެ ގޮނޑިއެއް ހުސްވެފައިމިވަނީ މެމްބަރުކަމުގައި ހުރި އަލީ ނަޝާތުގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ. އޭނާގެ ދައުރު ހަމަވެފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
ޓްރާންސްޕޭރެންސީއިން ވަނީ ރިޔާސީ އިންތިޚާބަށް 40 ދުވަހަށް ވެފައިވާއިރު އީސީގެ ގޮނޑިއެއް ހުހަށް ހުރުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އީސީއަށް މެމްބަރަކު އައްޔަންކުރުމަކީ މަޖިލީހުން މިވަގުތު އެންމެ އިސްކަން ދޭންޖެހޭ ކަންތަކުގެ ގޮތުގައި ކުރަންޖެހޭ ކަންތައްކަމަށް ޓްރާންސްޕޭރެންސީއިން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މެއިމަހުގެ ތެރޭގައި އީސީގެ މެމްބަރުކަމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ތަރުތީބުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އެނަންތަކުގެ ތެރޭގައި ނަޝާތުގެ ނަންވެސް ހިމެނިފައިވެއެވެ.
އިންތިޚާބަށް ކުޑަތަންވެފައިވާއިރު އީސީގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދިފައެވެ. އީސީގެ ރައީސް ފުއާދު ތައުފީގްގެ އިތުބާރު ނެތްކަމަށް އެކޮމިޝަންގެ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް އެއީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ވޯޓެއް ނޫންކަމުން ފުއާދު އެމަގާމުން ވަކިވެފައެއް ނުވެއެވެ. ފުއާދު ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެކަންވެސް ހާމަކުރައްވާފައެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1