ކެނދިކުޅުދޫގައި ގާއިމް ކުރުމަށް ތައްޔާރުވަމުން އަންނަ ގެސްޓްހައުސްއެއްގެ ކުރެހުން --
ދެވަނަ ދައުރެއްގައި ގެސްޓް ހައުސް ހިންގުމަށް ވަކި ލޯނެއް ދޫކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހއ. ބާރަށަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ލޯކަލް ޓުއަރިޒަމް ހިންގުމަށް ބާރު އަޅުއްވައި އެރަށުގައިވެސް އެކަން ފުޅާކުރެވޭނެ ގޮތްތައް ހުރިކަން ފާހަގަކުރައްވާފައެވެ.
ރައީސް ސޯލިހު އަންނަނީ އެކި ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އިގްތިސާދު ފުޅާކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި އިގްތިސާދީ ހަމަޖެހުން ލިބިގެންދާނީ ސިޔާސީ ހަމަޖެހުން އޮވެގެންކަމަށް ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުންނެވެ.
މީގެ ކުރީގެ ވެރިކަންތަކުގައި ސިޔާސީ ހަމަނުޖެހުން އޮތް މިންވަރަށް އިޝާރާތްކުރައްވައި ރައީސް ވަނީ އެފަދަ ހާލަތެއްގައި ގައުމު އޮވެއްޖެނަމަ އިގްތިސާދީ ކުރިއެރުން ނުގެނެވޭނެކަމަށް ވިދާޅުވެފައެވެ. ފާއިތުވި ހަތަރު އަހަރުތެރޭ އިގްތިސާދީ ކުރިއެރުން ލިބިފައިވަނީ ސިޔާސީ ހަމަޖެހުންވެސް އޮތުމުން ކަމަށާއި ދެވަނަ ދައުރެއް އެމަނިކުފާނަށް ދޭންޖެހެނީ އެހެންވެކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ފުރަތަމަ ދައުރުގައިވެސް ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ހޯމްސްޓޭ ޓުއަރިޒަމް ތައާރަފު ކުރުމަކީ ވެސް އެކަމަށް ލިބުނު ބާރެކެވެ.
ލޯކަލް ޓުއަރިޒަމަށް ރާއްޖެތެރޭގެ ގިނަ ރަށްތަކަކުން މިދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ތައްޔާރީތަކެއްވީ އިރު، ކެނދިކުޅުދޫއަކީ އެކަމަށް މިވަގުތު އެންމެ ތައްޔާރަށް އޮތް އެއް ރަށެވެ. އެ ރަށުގެ ޒުވާނުންގެ ގުރޫޕަކުން ނުކުމެ ރަށުގައި ބިނާ ކޮށްފައިވާ ފާލަންތަކާއި، ހަޓް އަދި ޓުއަރިޒަމުން ނަފާވާނެ ފަދަ ކަންކަމަކީ ކުރިއަށް އޮތްތާ އޭގެ ސަބަބުން ގިނަ ޓުއަރިސްޓުން ރަށަށް ޒިޔާރަތް ކުރާނެ ކަންކެމެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1