ދެވަނަ ބުރު ކާމިޔާބު ކުރާނީ 60 އިންސައްތައަށްވުރެ މަތިން: އިދިކޮޅު

Dhevana buru kaamiyaabu kuraanee 60 percent ahvure mathin: Idhikolhu

ޑރ މުއިއްޒު ދެވަނަ ބުރަށް ކެމްޕެއިން ކުރައްވަނީ ފޮޓޯ: ވަގުތު

0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވާނީ 60 އިންސައްތައަށްވުރެ ބޮޑު ތާއީދަކާއެކުގައި ކަމަށް ޕީޕީއެމްއިން ބުނެފިއެވެ. 

ޑރ މުއިއްޒުގެ ކެމްޕެއިންގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދެންނެވި ފަދައިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރާނީ ޕީއެންސީއިންކަމަށެވެ. 

ތޮލާލް ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިމާވި ނާކާމިޔާބާއެކު މިހާރު އޮތް އެމްޑީޕީގެ ސަރުކާރުން އެކަމުގެ ރުޅި ރައްޔިތުންނަށް ބާލުވަމުންދާކަމަށެވެ. އެއީ އެކަން ކޮށްގެންވާނެ ގޮތް ނޫންކަމުގައި ވިދާޅުވިއެވެ. 

އަދި މިވަގުތު ސަރުކާރުން ކުރިއަށްގެންދާ އެކި މަޝްރޫއުތަކަކީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންގެންދާ ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންވެސް އެކަންތައް ބަލައިނުގަންނަކަމަށް ތޮލާލް ވިދާޅުވިއެވެ. 

ތޮލާލް ވަނީ ދެވަނަ ބުރު މާބޮޑު ތަފާތަކުން ތާއީދުކުރައްވާނެކަމަށް ވިދާޅުވެފައެވެ. 

އެހެންނަމަވެސް ތޮލާލްވެސް ވަނީ، ސަރުކާރުގެ ބައެއް މެމްބަރުންނެކޭ އެއްގޮތަށް ބާތިލް ވޯޓު ކަނޑައެޅުމުގެ އުސޫލަށް ފާޑު ވިދާޅުވެ އެކަމުގެ ސަބަބުންވެސް ޑރ މުއިއްޒުއަށް ވޯޓު ގެއްލިފައިވާކަމަށް ވިދާޅުވެފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1