ނ. ކެނދިކުޅުދޫ ދާއިރާގެ ހަތަރު ކައުންސިލް ރައީސުން -- ފޮޓޯ/އެމްޑީޕީ
ނ.ކެނދިކުޅުދޫ ދާއިރާގައި ހިމެނޭ ހަތަރު ރަށުގެ ކައުންސިލް ރައީސުންގެ ބައިވެރިވުމާއެކު "އުފާވެރި އަމާންރާއްޖެ ކެމްޕެއިން ވޯކްޝޮޕް" ވަރަށް ވެސް ކާމިޔާބު އަދި ފުރިހަމަކަމާއެކު ކުރިއަށްދާކަމަށް ބައިވެރިން ބުނެފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ކެމްޕެއިނު ސްލޯގަން އަކީ އުފާވެރި އަމާންރާއްޖެއެވެ. އެމްޑީޕީއަކީ ކޮންމެ ފަހަރަކުވެސް ރިޔާސީ އިންތިހާބަށް ކުރިޔާލައި ތައްޔާރުވެގެން ވަރަށް ފޯރިއާއެކު ކެމްޕޭން ކުރާ ޕާޓީއެއް ކަމުން މިފަހަރުގެ ކެމްޕޭނުވެސް އެ ފޯރީގައި ގެންގޮސް ރައީސް އިބޫ ދެވަނަ ދައުރަކަށް ހޮވުމަކީ ބޮޑު އަމާޒެވެ. އެގޮތުން ކެމްޕޭންތައް ރަސްމީކޮށް އަތޮޅުތެރޭގައި ފެށުމުގެ ކުރިން ކެމްޕޭނަށް ތައްޔާރުވުމުގެ ގޮތުން ވޯކްޝޮޕްތަކެއް ވަނީ ބާއްވައިފައެވެ. މި ވޯކްޝޮޕްތަކުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭއާއި އަދާލަތު ޕާޓީގެ ބައިވެރިންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެގޮތުން ކެނދިކުޅުދޫ ދާއިރާގެ ކެމްޕޭން ވޯކްޝޮޕުވެސް ކެނދިކުޅުދޫގައި ފޯރީޔާއެކު މިހާރު ކުރިއަށްދާއިރު، އެ ދާއިރާގެ ނ. ހެނބަދޫ، ކުޑަފަރި، މާޅެންދޫ އަދި ކެނދިކުޅުދޫ ކައުންސިލްގެ ރައީސުންވެސް މި ވޯކްޝޮޕުގައި އަންނަނީ "ނަގާކިޔައި" ވޯކްޝޮޕުގައި ބައިވެރިވަމުންނެވެ.
އެގޮތުން މާޅެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ހަސަންއާއި ހެނބަދޫގެ ރައީސް ހުސައިން އަބޫބަކުރު އަދި ކެނދިކުޅުދޫގެ ރައީސް މުހައްމަދު ރައޫފް އެމްޑީޕީގެ ޕާޓީ މެމްބަރުންގެ ގޮތުގައި ބައިވެރިވާ އިރު، ކުޑަފަރީގެ ރައީސް އަލީ ޝަމީމް މުހައްމަދު ބައިވެރިވެފައިވަނީ އެމްޑީއޭގެ ޕާޓީ މެމްބަރެއްގެ ގޮތުގައެވެ.
މިއަދުގެ ވޯކްޝޮޕުގައި ހަތަރު ރަށަކުން 50 އަށް ވުރެން ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އަލަށް ސަރުކާރުގެ ކޯލިޝަން ޕާޓީތަކާ ގުޅުނު ބައެއް މެމްބަރުންވެސް މި ވޯކްޝޮޕުގައި ބައިވެރިވެފައިވާ އިރު، ކެމްޕޭނު ކުރިއަށް ގެންދާނެ ގޮތްތަކާއި، ކުރަން ޖެހޭ ކަންކަމާއި ނުކުރާނެ ކަންކަމުގެ އިތުރުން، ވޯޓު އިތުރު ކުރެވިދާނެ ގޮތްތައް ވަނީ މެމްބަރުންގެ މެދުގައި ތަޖުރިބާތަކާއި، ޙިޔާލުތައް ހިއްސާ ކޮށްފައެވެ.
އުފާވެރި އަމާންރާއްޖެ ކެންޕޭނު ވޯކުސޮޕް- ކެނދިކުޅުދޫ ދާއިރާ
މި ވޯކްސޮޕުގައި ކަވަރުކުރާނީ:
މިއަދުގެ ވޯކްޝޮޕުގައި ބައިވެރިވަމުން ކެނދިކުޅުދޫގެ ރައީސް މުހައްމަދު ރައޫފް "ރަށްފުށު" އޮންލައިނަށް ދިން އިންޓަވިއުގައި ވިދާޅުވީ މި ވޯކްޝޮޕުގެ ސަބަބުން ރަށްރަށުގައި ކެމްޕޭނަށް ހުރި ފޯރި އިނގިގެން ގޮސްފައިވާ ކަމަށެވެ. އަދި ވޯކްޝޮޕުގެ ބައިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ޙިޔާލުތައް ހުށައަޅައި، "މިހާރު މިއޮތީ ކެމްޕޭނަށް ތައްޔާރަށް" ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނ އަތޮޅުން 10 ރަށެއްގެ ރައީސުން މިތިބީ އިބޫ ދެވަނަ ދައުރަކަށް ހޮވަން ނުކުމެ. މިއަދުގެ ވޯކްޝޮޕުގައި މި ދާއިރާގެ ހަތަރު ރައީސުން ވެސް މިވަނީ ބައިވެރިވެފައި. ވަރަށް ފޯރިއާއެކު ވޯކްޝޮޕު ކުރިއަށް މިދަނީ. މި ވޯކްޝޮޕުން އެނގިގެން ގޮސްފި އަޅުގަނޑުމެންގެ ކެމްޕޭން ޓީމު ވަރަށް ބޮޑުކަން. އަދި ރަށްރަށުންވެސް މިކަމަށް ތައްޔާރަށް އޮތްކަން،" ރައޫފް ވިދާޅުވިއެވެ.
ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބޫގެ ކެމްޕޭން ދަތުރުތައް މިހާރު އަތޮޅުތަކަށް ފަށާފައިވާ އިރު، ކެނދިކުޅުދޫއަށް ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1