ނަތީޖާ އިއުލާން ނުކުރަނީސް ހަސަން ލަތީފް ބޮޑު ތަފާތަކުން ކާމިޔާބުވިކަމަށް ބުނެފި

democrats ge inthihaabu Hassan latheef bodu thafaathakun kaamiyaab kurevvi kamah bunefi

0

މިހާތަނަށް ގުނި ވޯޓުތަކަށް ބަލާއިރު، ޑިމޮކްރެޓްސްގެ ރައީސްކަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި ކަމަށް ބުނުމުން އެ ޕާޓީގެ މެމްބަރުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ އިންތިހާބުގެ ވޯޓުލުން ހެނދުނު 10:00 އިން 4:00 އާ ހަމައަށް ކުރިއަށްގެންދިޔަ އެވެ.

އެ ޕާޓީން ބުނެފައިވާ ގޮތުގައި ވަގުތީ ނަތީޖާ ވެސް އިއުލާން ކުރާނީ މާދަމާގެ ވަގުތެއްގަ އެވެ. ވޯޓުގެ ނަތީޖާ އިއުލާން ކުރުން ލަސްވި ސަބަބުތައް އެ ޕާޓީން ހާމަކޮށްފައި ނުވެ އެވެ. އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި ރައީސްކަމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ ތެރެއިން ކުރީގައި އުޅުއްވަނީ ހަސަން ލަތީފެވެ. މިހާތަނަށް ގުނުނު ވޯޓުތަކުން، ދެ ބޭފުޅުންގެ މެދުގައި 150 ވޯޓެއްހާ ފަރަގު އުޅެ އެވެ. ރަށްރަށުން ނުލިބި ހުރި ވޯޓުތަކުގެ އަދަދު އެއަށްވުރެ މަދު ކަމަށްވެ އެވެ.

އެކަމާ ގުޅިގެން އެ ޕާޓީގެ އާންމު މެމްބަރުން ދަނީ އެކި ޕްލެޓްފޯމްތަކުގައި ނުރުހުން ފާޅުކޮށް މިރޭ ނަތީޖާ އިއުލާން ކުރުމަށް ޑިމާންޑް ކުރަމުންނެވެ.

"ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ވެސް އެރޭ 9:00 ކުރިން ލިބުނު! އެެއީ އަދި މުޅި ރާއްޖޭ އާއި އެކިއެކި ޤައުމު ތަކުގަ ބެހެއްޓި ފޮށިތަ! ބަލައިނުގެނެވޭނެ! މިރޭ ވާނެ ވަގުތު ނަތީޖާ އިއުލާން ކުރަން މިހާރުވެސް މާ ލަސްވެެއްޖެ!," ޑިމޮކްރެޓްސްގެ އެކްޓިވިސްޓު އަހްމަދު އަންވަރު ބުނެފައިވެ އެވެ.

ޑިމޮކްރެކްޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި ވޯޓު ލާފައި ވަނީ ރައީސް، ނައިބް ރައީސް (އާންމު)، ނައިބް ރައީސް (އަންހެން)، ނައިބް ރައީސް (ޒުވާން)، ވިމެން ޑިމޮކްރެޓްސް ލީޑަރު، ވިމެން ޑިމޮކްރެޓްސް ޑެޕިއުޓީ ލީޑަރު، ޔަންގް ޑިމޮކްރެކްޓްސް ލީޑަރު އަދި ޔަންގް ޑިމޮކްރެޓްސް ޑެޕިއުޓީ ލީޑަރު ހޮވުމަށެވެ.

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1