ޑރ މުހައްމަދު މުއިއްޒު ނޮޅިވަރަންފަރުގައި
މިސަރުކާރުން ކައުންސިލްތަކަށް ބާރު ދީފައިވާކަމަށް ބުނަމުންދިޔަނަމަވެސް، ހަގީގަތުގައި އެބާރުތައް ދެވިފައިނެތްކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހދ ނޮޅިވަރަންފަރުގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ ކައުންސިލްތަކަށް ހަގީގީ ބާރު ހޯދައިދިނުމަށް މިނިސްޓްރީއެއް އެކުލަވާލާނެކަމަށް ވިދާޅުވެފައެވެ. ކައުންސިލްތަކަށް ފުރިހަމަ ބާރެއް ހޯދައިދޭނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައިކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މިހާރަށްވުރެ ހަމަހަމަގޮތެއްގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ފުރިހަމަ ބާރު ކައުންސިލްތަކަށް ދޭނަން"
ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް ނުވަތަ ވުޒާރާތަކާއި ހަމައަށް ގެނެސްދޭނީ ކައުންސިލްތަކުންކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކައުންސިލްތައް އިތުރަށް ބާރުވެރިކުރުވުމަށް މުއިއްޒު ހުށަހެޅުއްވީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ އިތުރުން، އިތުރު ފަންޑެއްވެސް ސަރުކާރުގެ ތެރެއިން ކައުންސިލްތަކަށް ދިނުމަށެވެ.
ކައުންސިލްތަކުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި މިހާރު އޮންނަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީއެވެ. ކައުންސިލްތައް އެކުލަވާލާ ލޯކަލް ކައުންސިލް ގާނޫނެއް އެކުލަވާލީ 2010 ވަނަ އަހަރުއެވެ. އެގާނޫނަށް އިސްލާހުގެނެސް އިތުރު ބާރުތަކެއް ކައުންސިލްތަކަށް ދީފައިވަނީ 2020 ވަނަ އަހަރުއެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1