ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒު -
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު 25 ވޯޓުން ދެންމެ ކަނޑައަޅައިފި އެވެ.
ޕީޕީއެމާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީއެންސީ އަށް ރިޔާސީ ޓިކެޓް ދޭން ނިންމީ ހަވީރު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލިހުގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގަ އެވެ.
މުއިއްޒާ ވާދަކުރެއްވި މަޑުއްވަރީ ދާއިރާގެ މެމްބަރަށް ލިބިވަޑައިގަތީ 23 ވޯޓެވެ. މި ވޯޓުގައި ބައިވެރިވެވަޑައިގަތީ 48 މެމްބަރުންނެވެ.
ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ވާދަކުރައްވަން ނިންމީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އޭގެ ބަދަލުގަ އެވެ. ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ މެންދުރުފަހު ތިނެއް ޖަހާއިރު ސުޕްރީމް ކޯޓުގައި އޮންނާނެ އެވެ.
ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު މިއަދާ ހަމައަށް ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސްގެ ގޮތުގައެވެ. ނަމަވެސް ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރުމަށްޓަކައި މިއަދު އޭނާ ވަނީ އެ ޕާޓީއާ ގުޅިފައެވެ.
ޕީއެޗްޑީ ހައްދަވައިގެން ހުންނެވި މުއިއްޒަކީ ސަރުކާރު ހިންގެވުމުގެ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓްތައް ކަމަށްވާ، ސިނަމާލޭ ބްރިޖާއި ހަތް ހާސް ފްލެޓާއި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ އިތުރުން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރެއްވުމަކީ ވެސް ސީދާ މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރައްވާފައިވާ ކަންކަމެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި މުއިއްޒަކީ މިއަދާ ހަމައަށް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅަކަށް ވިޔަސް އިންތިހާބުގައި ވާދަކުރައްވަން ޕީއެންސީއާ މިއަދު ގުޅިވަޑައިގަތީ އެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކާއި ރަނިންމޭޓަކު ދައްކައި ދިނުމަށް ތިން ފަހަރެއްގެ މަތިން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ޔާމީންގެ އަރިހުގައި އެދުނަސް އެ މަނިކުފާނު އެ ކަން ދޫކޮށްލެއްވީ ޕީއެންސީއަށެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1