ފޮޓޯ:| ލަންދޫ އެމް.ޑީ.ޕީ ފޭސްބުކް ޕޭޖް
ލަންދޫ ބަނަދަރު ސަރަހައްދުގައި ބޮޑު ދިދަ ނެގުމުގެ އިވެންޓުން، އެމް.ޑި.ޕީ ރިޔާސީ ކެޑިޑޭޓް އިބްރާހީމް މުޙައްމަދި ސާލިޙްގެ ކެމްޕެއިން ރަސްމީކޮށް އެ ރަށުގައި ފަށައފިއެވެ.
އިއްޔެ ހަވީރު ލަންދޫގެ ބަނދަރު ސަރަހައްދުގައި ބޭއްވުނު އެމް.ޑީ.ޕީގެ ބޮޑު ދިދަ ނެގުމަކީ ލަންދޫގެ އެމް.ޑީ.ޕީ 2023 ރިޔާސީ ކެމްޕޭނުގެ ފެށުމުގެ ހަރަކާތެވެ. މަނަދޫ ދާއިރާގެ މެމްބަރު އަޙްމަދު ހާރޫން (ބަގޭ)، އެމް.ޑީ.ޕީ ދާއިރާގެ ރައީސް އަދި މި ސަރުކާރުގެ އެކި މުވައްސަސާތަކުގެ އިސްވެރިންތަކެއްގެ ބައިވެރިވުމާއި އެކު ބޭއްވުނު މި އިވެންޓުގައި ލަންދޫގެ އެމް.ޑީޕީގެ މެމްބަރުންނާއި، ލަންދޫއަށް މި ދައުރުގައި އައިސްފައިވާ ތަރައްޤީ ޤަބޫލްކުރާ ފަރާތްތަށް ބައިވެރިވި ކަމަށް ލަންދޫގެ ނައިބް ރައީސް މަންސޫރު މުޙައްމަދު (މަންޓޭ) ރަށްފުށު އޮންލައިންއަށް މަޢުލޫމާތު ދެއްވިއެވެ.
"ލަންދޫ އެމް.ޑީ.ޕީގެ ޙާއްސަކަމަކީ ބޮނޑިބަތް، މި ފަދަ އެމް.ޑީ.ޕީގެ ކޮންމެ އިވެންޓެއްގައި ބޮނޑިބަތް އޮންނާނެ" މަންސޫރު (މަންޓޭ) ވިދާޅުވިއެވެ. ކެމްޕެއިން ރަސްމީކޮށްް ފެށުމާއިއެކު ކޮންމެ ހަފަތާއަކު އެއްފަހަރު ކަންމަތީ ޖަލްސާއެއް ލަންދޫގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ރޭވިފައިވާކަމަށް ވެސް މަންޓޭ މަޢުލޫމާތު ދިނެވެ.
އިބްރާހީމް މުޙައްމަދު ސާލިހްގެ ރިޔަސީ ވަޢުދަތަކުގެ 90 ޕަސެންޓް ޕްރޮޖެކްޓްތަކުގެ މަސައަކަތްތަށް ވަނީ ލަންދޫގައި ފަށާފައެވެ. އޭގެ ތެރެއިން ގިނަ މަސައްކަތްތަށް ނިންމާ އެ ތަންތަނުގެ ބޭނުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
އެގޮތުން ފަހާގަކޮށްލެވެނީ، ލަންދޫގެ ބަނދަރު ބޮޑު ކުރުމުގެ މަޝަރޫޢު ލަންދޫ ރައްޔިތުން ބޭނުންވި ގޮތަށް ފުރިހަމަ ވެގެން އައީ އެމް.ޑީ.ޕީގެ މި ވެރިކަމުގައެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1