މ. މަޑުއްވަރީގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވާހަކަދައްކަވަނީ --- ފޮޓޯ | އެމްޑީޕީ
ރަނގަޅު ޖީލެއް ބިނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދި އަންނަ ފަސް އަހަރު ތެރޭގައި ޒުވާން އާ ޖީލަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ.މަޑުއްވަރީއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އުފާވެރި އަމާން ރާއްޖެއެއް ހޯދޭނީ ޒުވާނުންނަށް ފުރުސަތު ދީގެން ކަމަށާއި، އަންނަ ފަސް އަހަރު ތެރޭގައި ޒުވާން އާ ޖީލަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ކުރިޔަށް އޮތް ތަނުގައިވެސް ފެށިފައިވާ މަޝްރޫއުތައް މުޅިން ނިންމާ އަޅުގަނޑުމެން މި ބިނާކުރާ ދަރިވަރުން ރާއްޖެއަށް ކިޔަވާ ނިމިގެން އެނބުރި އައިސް ވަޒީފާ އަދާކުރާނެ ރަނގަޅު ވަޒީފާތަކެއް އެއާއެކީގައި އުފެއްދުން" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރަނގަޅު ހޭލުންތެރި ޓެކްނިކަލް އަދި ތައުލީމީ ޖީލެއް އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް ދީގެން ކުރަ ކަމެއް ކަމަށާއި، މިގޮތުން ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމާއެކީ މީހުން ބިނާ ކުރުމަށްވެސް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
އެމަނިކުފާނުެ ވާހަކަފުޅުގައި މި ފަސް އަހަރުގެ ތެރޭގައި އެކަނިވެސް ސްކޫލްތަކުގައި 1،716 ކްލާސް ރޫމްގެ މަސައްކަތްކޮށް 85 މަލްޓިޕާޕްސް ހޯލް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ 227 ކްލާސްރޫމް ނިންމައި މި ވަގުތު 806 ކްލާސްރޫމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން މިހާރުވެސް 17،858 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށެވެ. އަދި، އޭގެ ތެރެއިން 6،540 ދަރިވަރުން ކިޔެވުން ނިންމާފައިވާ ވެސް ވިދާޅުވިއެވެ.
މަތީ ތައުލީމް ހާސިލްކުރަން ދޫކުރި ލޯނުތަކުގައި ވެސް 3،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު ސަރުކާރުގެ ސްކޮލަޝިޕްގައި 1،260 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1