މި ސަރުކާރުން ތައާރަފް ކުރި އެއާ އެންބުއުލާންސް ހިދުމަތުގެ ތެރެއިން ސީޕުލޭން މެދުވެރިކޮށް މި ހިދުމަތް ދިނުމަށް މިއަދު ފަށާނެއެވެ.
"މޯލްޑިވިއަން" އިން މައުލޫމާތު ދިން ގޮތުގައި މި ހިދުމަތް މިއަދު ފެށުމަށް ވަނީ ނިންމާފައެވެ. އަދި އެ ކަން ފެށުމުގެ ގޮތުން ކުޑަ ރަސްމިއްޔާތެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރޭވިފައެވެ.
މި ގެ ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅު ވީ އެއާ އެންބިއުލާންސްގެ ގޮތުގައި 2 ބޯޓެއް ހަރަކާތްތެރިވާނެ ކަމަށެވެ. އެއީ, DHC-8-200ގެ ބޯޓަކާއި މިއަދު އިފްތިތާހް ކުރެވިގެންދާ ސީޕްލޭނެވެ. އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރު ވެފައި އޮތް ސީޕުލެންގެ ފޮޓޯއެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ޓްވީޓް ކުރައްވާފައެވެ.
މީގެ ކުރިން ހެލްތު މިނިސްޓްރީން ބުނީ، އެއާ އެމްބިއުލާންސްގައި ބަލިމީހުން އުފުލުމުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް، ތަމްރީނު ވެފިވާ 15 ސިއްޙީ ޚިދުމަތްތެރިންނާއި ވަސީލަތްތައް ހުންނާނެ ކަމަށެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ މުހިއްމު މަސައްކަތެކެވެ.
މި ސީޕުލޭން އެތެރޭގެ ފޮޓޯއެއް ސަރުކާރުގެ އެއްވެސް ފަރާތުން އަދި އިދާރާއަކުން ވެސް ހާމަކޮށްފައެއްނުވެއެވެ.
0%
0%
0%
0%
0%
15 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1