ކުރީގެ ނައިބުރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ސިންގަޕޫރުގައި ހުންނެވުމަށް އިތުރު ދުވަސްތަކެއް ދީފިއެވެ.
ސިންގަޕޫރުގައި އަދީބު ހުންނެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިތުރު މުއްދަތެއް ދީފައިމިވަނީ ބޭރުގައި ހުންނެވުމަށް ދިން މުއްދަތު މިމަހުގެ 22 ގައި ހަމަވެފައި ވަނިކޮށެވެ. ބޭސްފަރުވާއަށް ބޭރަށް ދިޔުމަށް ލިބުނު ހުއްދައާއެކު އަދީބު ސިންގަޕޫރަށް ވަޑައިގަތީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
މުއްދަތު އިތުރުކޮށްދިނުމަށް އަދީބުގެ ފަރާތުން ހުށަހެޅުއްވުމުން ކަރެކްޝަނުން ވަނީ އަންނަ މަހުގެ 28އާއި ހަމައަށް އެމުއްދަތު އިތުރުކޮށްދީފައެވެ.
ބޭރަށް ފުރުމުގެ ހުއްދަ އަދީބަށް ދީފައިވަނީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށެވެ.
އަދީބަށް އިއްވާފައިވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އެހުކުމުގައި 2 މިލިއަން ރުފިޔާއިން އަދީބު ޖޫރިމަނާވެސްކޮށްފައިވެއެވެ. އެހެންނަމަވެސް އެފައިސާ މިހާތަނަށް ދައްކާފައެވެއް ނުވެއެވެ.
0%
0%
0%
0%
0%
4 ދުވަސް ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1