ރައީސް ސޯލިހު މާރަންދޫ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ ނުކުންނަނީ އަބަދުވެސް ވެރިކަން ބަދަލުކުރަން ކަމަށާއި އެއާ ޚިލާފަށް މިހާރު ވެރިކަން ދަމަހައްޓަން ދަސްކުރަންވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހއ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މާރަންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުފައި 2018 ގައި ވެރިކަމަށް ނުކުތްއިރު ރާއްޖެ ސިޔާސީގޮތުން އޮތް ހާލަތާއި މިހާރުގެ ހާލަތު ތަފާތުކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ އަބަދުވެސް ނުކުންނަނީ ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. އެހެންކަމުން، ޕާޓީ ތެރޭގައި ވެރިކަމުގައި ތިބެގެންވެސް ވެރިކަން ބަދަލުކުރަން މަސައްކަތް ކުރަމުންދިޔައީ ވެރިކަން ބަދަލުކުރުމަށް ހަރުލާފައި ހުރި ވިސްނުން ބަދަލުނުވެ ހުރުމުންކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، ވެރިކަމަށް އައުމަށްފަހު ކުރަން ޖެހޭ ކަމަކީ ވެރިކަން ދެމެހެއްޓުމާއި ވެފައިހުރި ވައުދުތައް ފުއްދުންކަމަށް ރައީސް ވިދާޅުވިއެވެ.
"ދާއިމީ ސިޔާސަތެއް ނޫން ވެރިކަން ބަދަލުކުރުމަކީ، ވެރިކަމުގައި ތިބެންވެސް ދަސްކުރަންޖެހޭ"
2018ގައިވެސް އިންތިޚާބުކުރީ ކޯލިޝަނެއް ކަމަށާއި ދެންވެސް އިންތިޚާބުކުރާނީ ކޯލިޝަނެއްކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ އެންމެ މެމްބަރުން ގިނަ ކޯލިޝަން، އެކަން ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ފެންނާނެ"
މިއިންތިޚާބަށް ބައެއް ބޭފުޅުން ކޯލިޝަނާއި ދުރަށް ޖެހުމަކީ މައްސަލައެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. އަދި މިސަރުކާރުން ކުރަމުންދާ މަސައްކަތް ބަލައިގަނެ ދެންވެސް ކަންކަން ކުރާނެކަން ގަބޫލުކުރާ ޕާޓީތަކެއް ތިބިކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ އެޕާޓީތަކަކީ އެމްޑީއޭ އަދި އަދާލަތު ޕާޓީކަން ފާހަގަކުރައްވާފައެވެ.
2018 ގައި ރައީސް ސޯލިހާއެކު ކޯލިޝަން ހެދި ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމް ވަނީ ރައީސް ސޯލިހާއެކު މަސައްކަތްނުކުރުމަށް ނިންމާފައެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1