ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޖަލްސާގައި -- ފޮޓޯ: އެމްޑީޕީ
މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް މެނޭޖް ކުރަން އެނގިނުލައްވާ ކަމަށާއި މުޅިންވެސް ދައްކަނީ ކުރީ ސަރުކާރުގެ ވާހަކަ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކެންޑިޑޭޓުންގެ ކެމްޕެއިން "މިސްރާބު ހަމަ މަގަށް" ލޯންޗު ކުރުމަށް ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ވެރިކަމުގައި އެންމެ އިސްކަމެއް ދޭން ޖެހުނީ, ކޮވިޑުގެ ވަބާގެ ތެރޭގައި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށެވެ.
ފަންނީ ބޭފުޅުން ފޮނުވި ރިޕޯޓުތަކުގައި ކޮވިޑުގެ ތެރޭގައި ރާއްޖެއިން 20،000 އިން ފެށިގެން އެއް ލައްކައާ ހަމައަށް މީހުންގެ ފުރާނަ ގެއްލޭނެ ކަމަށް އަންދާޒާ ކޮށްފައިވާކަން ފާހަގަ ކުރައްވައި، އެންމެ ފުރަތަމަ އިސްކަން ދިނީ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ.
"އެކަން ކުރަން ބެލި އިރު ދައުލަތުގައި ފައިސާއެއް ނެތް. ރިޒާވް ގައި ހުރީ ދޮޅު މަހެއްހާ ދުވަހުގެ ކާ ބޯ ތަކެތި ގެންނާނެ ފައިސާ. އެކަމަކު އެ ދުވަހު ރާއްޖޭގެ އެއްވެސް ރައްޔިތަކު ބަނޑަށް ނުޖެހި ސަލާމަތް ކުރުމަށް ބަރާބަރަށް ކާ ބޯ ތަކެތި، ތެޔޮ ގެނައިން. ސިއްހީ ހިދުމަތް ފޯރުކޮށް ދިނިން. އޭގެ އިތުރަށް ކުރީ ސަރުކާރުން ނަގާފަ ހުރި ދަރަނިތައް ދައްކަމުން ދިޔައިން. ދޭދޭ ގައުމުތަކުގެ ގުޅުމުގެ ސަބަބުން، ނަގާފަ ހުރި ބޮންޑުތައް ފަސް ކުރެވުނު،" ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން، ކޮވިޑުގެ ތެރޭގައި އޯޕަން މާކެޓުން 500 މިލިއަން ޑޮލަރު ނަގައި ވެރިކަމުގައި ތިބެ، 250 މިލިއަން ޑޮލަރު ދައްކާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސް ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގެ ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށްޓަކައި ކުރަން ޖެހުނު ކަންކަމެވެ. އަދި އެކަން އެގޮތަށް ނުކުރިނަމަ، މިއަދު ފަތުރުވެރިކަމުގެ ދާއިރާ ފައިދާ ލިބޭ ފަދަ ދާއިރާއެއްގެ ގޮތުގައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"ކުދި ވިޔަފާރިތައް ކޮޅަށް ޖެހޭނެ ގޮތް ހޯދައި ދިނިން. އެއީ ލޯނު ނަގައިގެން ކުރި ކަންކަން. އެހެން ނޫންނަމަ މިއަދު މި ގައުމު މިހެން ނޯންނާނެ. ހަގީގަތުގައި މިއަދު މިއުޅެނީ މެނޭޖްކުރަން ނޭންގިގެން. ކުރީގެ ސަރުކާރު، ކުރީގެ ސަރުކާރު، ބަލަ މިއީ ހިނގަ ހިނގައި އޮތް ގައުމެކޭ" ސޯލިހު ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަދައްކަވަމުން، ރާއްޖޭގައި މީހުން ދިރިއުޅޭތާ 2000 އަހަރު ވެފައިވާކަން ފާހަގަ ކުރައްވައި މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ވާހަކަތަކުން މުޅިން އާ ގައުމެއް އުފައްދައިގެން އުޅޭހެން ހީވާ ކަމުގައި ވިދާޅުވި އެވެ. އަދި ގައުމިއްޔަތެއް އަލަށް ގެނައި ވެރިކަމެއްގެ ގޮތުގައި ހީވާ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
އެ ކަމަށް ފާޑު ވިދާޅުވެ، ފާއިތުވި ދުވަސްތަކުގައި ވެސް ރާއްޖެއަކީ މި ހުރިހާ ކަމަކާއެކީ މިނިވަން ގައުމެއްގެ ގޮތުގައި އޮތް ތަނެއް ކަމުގައި ވިދާޅުވި އެވެ. އަދި ގައުމު ހަމަ މަގަށް އަޅުވަންވީ މި ސަބަބުތަކަށްޓަކައި ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ސޯލިހުގެ ވާހަކައިގައި، އެމްޑީޕީގެ ފަރާތުން އަންނަ މަޖިލީހަށް ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް އިލްތިމާސްތަކެއް ވެސް ކުރެއްވި އެވެ. އޭގެ ތެރޭގައި ގައުމަށް ގެއްލުން ވާނެ ފަދަ އެއްވެސް ކަމެއް ފާސް ކުރުމަށް ވޯޓު ނުދެއްވުމަށާއި ހާއްސަކޮށް، މަޖިލީހަށް އިންތިހާބު ވުމަށް ފަހު ޕާޓީ ބަދަލު ނުކުރުމަށް އިލްތިމާސް ކުރެއްވި އެވެ.
"އެމްޑީޕީ ގަބޫލު ކުރާ ހަމަތަކެއް އެބަ ހުރި، މެމްބަރުން ބޭނުންވާ ކަންކަން އެބަ ހުރި، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން، އެއިން ކަމަކަށް ހުރަސް އެޅޭނެ ކަމެއް ފާސްކުރަން ވޯޓު ދީގެން ނުވާނެ، ނޫސްވެރިކަމަށް ހުރަސް އެޅޭނެ ކަމެއް ކޮށްގެން ނުވާނެ. ޕާޓީ ދޫކޮށް ނުދާނެ ކަމުގެ ޔަގީންކަން ދެއްވަން ވާނެ. މިއީ އާންމު މެމްބަރުން އެދޭ ކަމަކީ،" ރައީސް އިލްތިމާސް ކުރެއްވި އެވެ.
އެމްޑީޕީން ވެސް ތަޖުރިބާތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި މެމްބަރުން ޕާޓީ ބަދަލު ނުކުރެވޭނެ ގޮތަށް އުސޫލުތައް އޮތުމަށް، އެންޓި ޑިފެކްޝަންގެ ގާނޫނުގެ މުހިންމުކަމަށް ސޯލިހު އަލިއަޅުއްވައިލެއްވި އެވެ. އަދި މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުން ވެސް މި ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.
0%
0%
0%
0%
0%
15 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1