ސަރުކާރުން ވަކިކުރި ދެ ސްޓޭޓް މިނިސްޓަރުން -
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ އަންގާރަ ދުވަހު އައްޔަން ކުރެއްވި މުންއިމް އަނީސްއާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި މުހައްމަދު ފަހުމީ ހަސަން އެ މަގާމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިކުރައްވައިފިއެވެ.
އެނގިފައިވާ ގޮތުގައި މުންއިމް ވެސް އެ މަގާމުން ވަކިކުރެއްވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ. އިތުރު ތަފްސީލެއް ސަރުކާރުން މިހާތަނަކަށް ނުދެެޔެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުންއިމް އަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކެމްޕޭންކޮށްދެއްވި ބޭފުޅެކެވެ. އަދި ބޮޑަށް ބެލެވެނީ އޭނާ މަގާމުން ވަކިކުރެއްވީ އެ ސަބަބާ ހެދި ކަމަށް ސޯސަލް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.
އަދި އެހެންމެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވިތާ ތިން ދުވަސް ފަހުން ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު ފަހުމީ ހަސަން ވެސް އިއްޔެ ވަނީ އެ މަގާމުން ވަކިކުރައްވާފައެވެ.
ފަހުމީ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ މަގާމްތަކަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެކެވެ.
0%
0%
0%
0%
0%
21 ގަޑިއިރު ކުރި
0
1 ޖުލައި 2024
0
27 ޖޫން 2024
0
10 ޖޫން 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1