ހަސަން ގާސިމް: ކެނދިކުޅުދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވި ދިވެހި ބޭސްވެރިކަމުގެ ރަމްޒުދާރު

Hassan Qasim: Kendhikulhudhoo hospital ge amalee masaihkaih fahtavaidhehvi dhivehi beysverikamuge ramzudhaaru

ކެނދިކުޅުދޫ ހޮސްޕިޓަލުހެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ރައީސް އޮފީސް

0

ކެނދިކުޅުދޫގައި މިއަދު ބިންގާ އެޅިގެންދިޔަ ހޮސްޕިޓަލަކީ އެރަށުގެ ރައްޔިތުން އެތައް އަހަރެއްވަންދެން ދެކެމުން އައި ފޮނި ހުވަފެނެކެވެ. ރަށުގެ ސިއްހީ މަރުކަޒުން ނުލިބޭ ގިނަ ފަރުވާތައް ހޯދަން އަބަދުވެސް ދިގު ދަތުރެއްކޮށްފައި އަތޮޅު ހޮސްޕިޓަލަށް ނޫނީ ރ. އުނގޫފާރު ހޮސްޕިޓަލަށް ދާންޖެހުމަކީ އެ ރަށާއި، ކައިރި އެހެން ރަށްރަށުގެ ރައްޔިތުންނަށް އޮތް ތުރާލެކެވެ. އެ ތުރާލުން ސަލާމަތްވުމަށްޓަކައި ހޮސްޕިޓަލުގެ ބިންގާ މިއަދު އެޅިގެންދިޔައިރު، އެކަން އިތުރަށް ފުރިހަމަވީ ރާއްޖޭގައި މިވަގުތު ހުރި ދިވެހި ބޭސްވެރިކަމުގެ އެންމެ ތަޖުރިބާހުރި ބޭފުޅާގެ އަތްޕުޅުން އެކަން ކުރެވިގެން ދިޔައީތީއެވެ. އެ ބޭފުޅާއަކީ 50 އެތައް އަހަރެއް ދިވެހި ބޭސްވެރިކަމުގެ އެންމެ މަތީ ހަރުފަތުގައި އުޅުއްވި އެ ދާއިރާގެ ލެޖެންޑް (ރަމްޒުދާރު) ޙަސަން ޤާސިމް އެވެ.

ދިވެހި ބޭސްވެރިކަމުގެ ރޮނގުގައި ޙަސަން ޤާސިމަކީ ނުވަތަ ތޮޅެންދޫ ޙަސަން ޤާސިމަކީ، ވަރަށްކުރީސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ބޭސްވެރިކަމުގެ ޚިދުމަތުގައި 60 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާއިރު، މިދާއިރާއިން އޭނާވަނީ ގިނަގުނަ ކާމިޔާބީތަކެއް ޙާޞިލުކުރައްވާފައެވެ. މިހާހިސާބަށް ވަޑައިގެންނެވިއިރު، ވަރަށްގިނަ ޢަދަދެއްގެ ބަޔަކަށް އޭނާ ވަނީ ބޭސްފަރުވާ ކޮށްދެއްވާފައެވެ. އަދި އިހަކަށް ދުވަހާއި ޖެހެންދެން އެމަސައްކަތް މެދުނުކެނޑި ގެންދެވީ ކުރައްވަމުންނެވެ.

ބޭސްވެރިކަމުގެ މަސައްކަތް ޙަސަން ޤާސިމް ފެށްޓެވީ، އުފަން ރަށް ތޮޅެންދޫގައެވެ. ބޭސްކޮށްދެއްވުމުގައި އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވީ، އުފަންރަށް ތޮޅެންދުއާއި ފަހުން ކެނދިކުޅުދޫގައެވެ. އޭރު އޭނާ ދިވެހިބޭސް ކޮށްދެއްވަމުން ގެންދެވީ، ހަމައެކަނި ތޮޅެންދުއާއި ކެނދިކުޅުދޫ ރައްޔިތުންނަކަށްނޫނެވެ. އެ އަތޮޅުންނާއި، އެ ސަރަޙައްދުގެ އަތޮޅުތަކުގެ ރަށްރަށުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފަރުވާ ހޯދުމަށް އަންނަމުންދިޔައެވެ. މާލެއަށް ބަދަލުވެވަޑައިގަންނަވަންދެން، މި މަސައްކަތް ކުރައްވަމުން ގެންދެވީ، ޚިދުމަތަށް އެއްވެސް އަގެއް ނެންގެވުމެއްނެތިއެވެ.

 

ކެނދިކުޅުދޫ ހޮސްޕިޓަލުހެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ރައީސް އޮފީސް

ބައެއްފަހަރަށް ހަމައެކަނި ބޭހުގެ އަގު ނަންގަވައެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭކަމަކީ، ބޭރު ރަށްރަށުން އަންނަ މީހުން، ޙަސަން ޤާސިމްގެ އަމިއްލަ ގޭގައި ބައިތިއްބަވައިގެން، އެމީހުންގެ ކެއިންބުއިމުގެ ކަންތައްތައް ހަމަޖައްސަވައިދެއްވައިގެން ބޭސްފަރުވާ ކޮށްދެއްވާފައިވާކަމެވެ. އެއީ އޭނާގެ ހިތްޕުޅުގައި ދިވެހި ބޭސްވެރިކަމަށާއި، ނިކަމެތިންނަށް އެހީވެދެއްވުމަށް އޮތް ޝައުޤުވެރިކަމެއްގެ އަލިގަދަ ހެއްކެކެވެ.

ޙަސަން ޤާސިމް ގިނައިން ކުރައްވަމުން ގެންދެވީ، ރުއްގަލުބޭހެވެ. ލޮލުބޭސް ފިޔަވައި އެހެން ހުރިހާ ބައްޔަކަށް ބޭސްކުރައްވަމުން ގެންދެވިއެވެ. ބައެއްކަހަލަ ބަލިތަކަށް ފަރުވާކުރެއްވުމަކީ، ފެންބޮއިފައި ވަޔެއްލުންފަދަ ފަސޭހަ ކަމެއް ކަމަށް ޙަސަން ޤާސިމް ދެކެވަޑައިގަންނަވައެވެ. އެގޮތުން ވާގި ނެތުންފަދަ ބޮޑެތި ބަލިތަކަށްވެސް އޭނާ ފަރުވާ ދެއްވާފައި ވެއެވެ. އަދި ކޮލެރާ، ޝިގެއްލާ، ޗިކަންގުންޔާ ފެތުރިގެންދިޔައިރު، އެ ބަލިތަކަށްވެސް އޭނާވަނީ ފަރުވާ ދެއްވާފައެވެ.  

ޙަސަން ޤާސިމަކީ، ދިވެހި ބޭސްވެރިކަމުގެ ޖަމްޢިއްޔާގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެ ޖަމްޢިއްޔާގެ މަސްއޫލު މެންބަރެއްގެ ގޮތުގައި އޭނާ ހުންނަވައިގެން ޢަމަލީގޮތުން ޙަރަކާތްތެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން، އޭނާއަކީ، ދިވެހި ބޭސްވެރިކަމުގެ ސަނަދު ދެއްވުމަށް އިމްތިޙާނު ކުރައްވާ ކޮމިޓީގެ ކުރީގެ މެންބަރެއްވެސްމެއެވެ.

ބޭސްވެރިކަމުގެ ރޮނގުން ޢާންމުން ހޭލުންތެރި ކުރެއްވުމަށްޓަކައިވެސް އޭނާ ވަނީ ތަފާތު މަސައްކަތްތައް ކޮށްދެއްވާފައެވެ. އަދި ބޭސްވެރިކަން ދަސްކުރަން އަންނަ މީހުންނަށް، އެ މަސައްކަތް ދަސްކޮށްދެއްވާފައިވެސް ވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑުން، މީގެ 25 ވަރަކަށް އަހަރު ކުރިން، އަހަރެއްހާ ދުވަސް ވަންދެން ހަފްތާއަކު އެއްފަހަރު ފޮނުއްވި ދިވެހި ބޭހުގެ ޕްރޮގްރާމް ހުށަހަޅުއްވައިދެއްވި ބޭފުޅަކީވެސް، ޙަސަން ޤާސިމެވެ. ތަފާތު ބަލިބައްޔަށް ހަދާނެ ބޭހާއި، ފަރުވާދޭނެގޮތުގެ މަޢުލޫމާތު، މި ޕްރޮގްރާމް މެދުވެރިކޮށް، ދިވެހި ރައްޔިތުންނަށް އޭނާ ވަނީ ދެއްވާފައެވެ.

 

 

ޙަސަން ޤާސިމް ދެކެވަޑައިގަންނަވާ ގޮތުގައި، މި ވޭތުވެދިޔަ ދިގު މުއްދަތުގައި އޭނާއަށް ލިބިވަޑައިގެންނެވި އެންމެބޮޑު ކާމިޔާބީއަކީ، ބޭސްފަރުވާ ހޯދަން އަންނަ މީހުންގެ ރުހުމާއި ލޯބި އޭނާއަށް ލިބިވަޑައިގެންފައިވާ ލިބިވަޑައިގަތުމެވެ.

ޙަސަން ޤާސިމަށް ދިވެހި ބޭސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1990 ވަނަ އަހަރު ސަރުކާރުންވަނީ އަރުވާފައެވެ. އޭގެފަހުން މިވޭތުވެދިޔަ 33 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް، ޙަސަން ޤާސިމް މި ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާފައިވެއެވެ. ދިވެހި ބޭސްވެރިކަން އުވިނުގޮސް، މިކަން ދެމެހެއްޓުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށް ޙަސަން ޤާސިމް ހުންނެވީ ތައްޔާރަށެވެ. އެގޮތުން، އޭނާގެ އަންހެން ބޭފުޅަކަށްވަނީ މި މަސައްކަތް ދަސްކޮށްދެއްވައި، މިޚިދުމަތަށް ނެރުއްވާފައެވެ. އަދި އެހެންމެ 2010 ވަނަ އަހަރު ގައުމީ ޝަރަފުވެރިކަމުގެ އިނާމުވެސް އޭނާއަށް ލިބިވަޑައިގަތެވެ.

"މިއަދު އަޅުގަނޑު އުފާވާ އެއްކަމެއް އެބައޮތް. އަޅުގަނޑުމެން އެންމެން ވަރަށް ގަދަރުކުރާ ވަރަށް އިސް ރަށްވެއްސެއް މިއަދު އަޅުގަނޑުމެންނާއެކު ބައިވެރިވެވަޑައިގެންނެވި. ހަސަން ގާސިމަކީ އަޅުގަނޑުމެންގެ އާއިލާގެ ވެސް ވަރަށް ވަރަށް ގާތް އެކުވެރިއެއް. އަޅުގަނޑުމެން ވަރަށް އިޙްތިރާމް ކުރައްވާ ބޭފުޅެއް. އަޅުގަނޑު ހިތުން ހަސަން ގާސިމަށް ރާއްޖޭގައި މި ވޭތުވެދިޔަ 60 އަކަށް އަހަރުތެރޭގައި ރާއްޖެއަށް އަންނަމުން ދިޔަ ބަދަލުތައް ވަރަށް ގާތުން ފެނިވަޑައިގެންފައި ހުންނަވާނީ." ރައީސް އިބްރާހިމް ސޯލިހް މިއަދު ހަސަން ގާސިމްއާ ބެހޭގޮތުން ކެނދިކުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

"އަޅުގަނޑު ކައިރީގައި ދެންމެވެސް އެވާހަކަ ވިދާޅުވީ. މިތަނަށް މިއަންނަ ބަދަލުތައް ތިމަންނަ ދެކެމުންނޭ މިއަންނަނީ. ރާއްޖެއަށް މިފެންނަ ބަދަލުތަކަކީ ތިމަންނަމެންގެ ހަޔާތުގައި ދުވަހަކުވެސް ފެނިފައި ނެތް ބަދަލުތަކެކޭ."

ޙަސަން ޤާސިމަކީ، ސަރުކާރަށްވެސް 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި ތޮޅެންދޫގެ ވެރިކަމުގެ މަޤާމުގައި ވަރަށްގިނަ ދުވަހު ޚިދުމަތްކުރައްވައި، ތޮޅެންދޫ މުދިންކަމާއި ކަތީބުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަތޮޅުވެރިޔާގެ ބަދަލުކަމާއި، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިކަމުގެ މަޤާމުވެސް ޙަސަން ޤާސިމް ފުރުއްވާފައިވެއެވެ.

ނ. ކެނދިކުޅުދޫގައި ހޮސްޕިޓަލެއް އެޅުމަށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، އެކޮމަޑޭޝަން ބިލްޑިންގާއި، އިދާރީ މަސައްކަތްތަކަށް ޚާއްސަ ސަރވިސަސް ބިލްޑިންގެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކެނދިކުޅުދޫ ހޮސްޕިޓަލް މަޝްރޫއަށް ޖުމްލަ 193 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާއިރު، މިމަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުން ނިންމާގޮތަށެވެ.

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1