މޮތާޒް އަޒައިޒާ: ޣައްޒާގެ ނާމާން ޖައްވުން ޔަހޫދީންނަށް ހިތްވަރު ބަލި ކޮށްނުލެވުނު ނޫސްވެރިޔާ!

Motaz Azaiza: Gazza ge naamaan javvun yahoodheenah hiyyvaru bali nukohlevunu noosveriyaa!

ފަލަސްތީނުގެ ހިތްވަރުގަދަ ނޫސްވެރިޔާ މޮތާޒް އަޒައިޒާ --

0

އޮކްޓޫބަރު ހަތްވަނަ ދުވަހަކީ ހަމަހިމޭންކަންމަތީ އޮތް ޢައްޒާއަށް އެ ނުބައި އިޒްރޭލުގެ ޔަހޫދީން ވައިގެ މަގުން ހަމަލާދޭން ފެށި ދުވަހެވެ. ބޮޑެތި އިމާރާތްތައް ބިމާ ހަމަކޮށް، ހޮސްޕިޓަލެއް، މިސްކިތެއް ވެސް ބެލުމެއް ނެތި "ހަމާސް" ނައްތާލަން އެވެރިންގެ ބާރު ދައްކާލައި އެތައް ހާސް މުސްލިމުންނެއް ޝަހީދުކޮށްލީއެވެ. ބިރުވެރި، ނާމާން އެ ޖައްވުން ދެން ފާޅުވީ ޔަހޫދީންނަށް ވެސް އަޑު ކަނޑުވާނުލެވުނު ފަހުލަވާނެކެވެ. އެއީ މުޅި ދުނިޔޭގެ މުސްލިމް އުންމަތް ފަޚުރުވެރިވާނެ ނޫސްވެރިޔާ، މޮތާޒް އަޒައިޒާއެވެ.

އަޒައިޒާ، ނުވަތަ "ޣައްޒާ ގެ ލޯ" ގެ ގޮތުގައި މަޝްހޫރުވެފައިވާ ނޫސްވެރިޔާއަކީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކަވަރު ކުރުމުގައި މުޅި ދުވަސް ހޭދަކުރަމުން އަންނަ ކުޅަދާނެ ޒުވާނެކެވެ. އުފަން ބިމަށް ނުހައްގުން ޔަހޫދީންގެ ހަނގުރާމަވެރިން ވައިގެ މަގުންނާއި، އެއްގަމު މަގުން ހައްދެއް ނެތް މިންވަރަށް ހަމަލާދޭ މަންޒަރުތައް މުޅި ދުނިޔެއަށް ދެއްކުމުގައި އަޒައިޒާ ދައްކަނީ ނަމޫނާއެކެވެ. ހުޅަނގާއި އެމެރިކާގެ ވަރުގަދަ މީޑިއާތައް ނުދައްކާ އެތައް ވާހަކައެއް، އެތައް މަންޒަރެއް އޭނާ އެދަނީ ކޮންމެ ދުވަހަކު ދުނިޔެއަށް އެއްވެސް ޖެހިލުމެއްނެތި، އެއްވެސް ބިރެއް ނެތި ހާމަކުރަމުންނެވެ.

 

ޣައްޒާގެ ދެއިރު އަލް-ބަލާހް ރެފިއުޖީ ކޭމްޕަށް 1999 ވަނަ އަހަރު އުފަންވި މޮތާޒްއަކީ އެންމެ ކުޑައިރުން ފެށިގެން އިޒްރޭލުގެ ޔަހޫދީންގެ އަނިޔާވެރިކަން ފެނި، އެ ހަމަލާތަކުން ރެކުމުގައި އުޅެ ބޮޑުވި ޒުވާނެކެވެ. ކުޑައިރުން ފެށިގެން ފޮޓޯ ނެގުމަށް ޝައުގުވެރިވި އެ ޒުވާނާ ފުރަތަމަ ފަހަރަށް މީހުންގެ ލޮލުގައި އަޅައިގަތީ 2014 ވަނަ އަހަރު ފަލަސްތީނަށް ޔަހޫދީން ދެމުންދިޔަ ހަމަލާތައް ފޮޓޯގެ ޒަރިއްޔާއިން ކަވަރުކުރި ފޮޓޯގުރާފަރެއްގެ ގޮތުގައެވެ. އެފަހުން 2019 އަދި 2021 ވަނަ އަހަރު އިޒްރޭލުން ޣާޒާގައި ހިންގި ގަތުލުއާއްމުވެސް އޭނާ ވަނީ އެގޮތުގައި ކަވަރުކޮށްފައެވެ.

މިދިޔަ އޮކްޓޫބަރު މަހު އިޒްރޭލުން ދޭންފެށި ހަމަލާތައް ހުއްޓާނުލައި ކުރިއަށްގެންދާއިރު، މިހާތަނަށް 18،000 ޓަނުގެ ބޮން ވަނީ އަޅައިފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނަށް އެޅި ހިރޮޝިމާ ބޮމަށްވުރެންވެސް ގިނަ ގޮވާތަކެއްޗެވެ. އެ ހަމަލާތަކުގައި ބިމާހަމަވި އެތައް އިމާރާތެއްގެ ދަށުވެ އެތައް ހާސް ކުޑަކުދިންނާއި، އާއިލާތައް އެކީގައި ޝަހީދުވެގެންގޮސްފިއެވެ. އަޒައިޒާގެ ލެންސުން އޭނާ ދައްކައިދެނީ އެމަންޒަރުތަކެވެ.

 

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އޭނާ އަންނަނީ ޣާޒާގެ ހާލަތު ވަރަށް ރަނގަޅަށް ދައްކުވައިދެމުންނެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އޭނާ އެކުރަނީ ޖިހާދެކެވެ. ޔަހޫދީ އެތައް ބަޔެއްގެ ނަފުރަތާއެކުވެސް ހަގީގަތް ހާމަކުރުމަށް އޭނާ ފަސްޖެހުމެއް ނެތި ކޮންމެ ދުވަހަކުވެސް ޣާޒާއަށް ދެމުން އަންނަ ހަމަލާތައް އެންމެ ތާޒާކަމާއެކު ދުނިޔެއަށް ދައްކުވައިދެއެވެ.

އިޒްރޭލުގެ މި ފަހަރުގެ ގަތުލުއާއްމުގެ ކުރިން އިންސްޓަގުރާމުގައި މަދު ފޮލޯވަރުންތަކެއް ހުރި އެ ޒުވާނާ ފޮލޯ ކުރާ 16 މިލިއަނެއް ވުރެން ގިނަ ފޮލޯވަރުން މިހާރު އެބަތިއްބެވެ. އަދި ޓުވިޓާއިންވެސް އެތައް މިލިއަން ބަޔަކު އޭނާ ފޮލޯކުރެއެވެ. މިއީ މިއަދުގެ މުސްލިމް އުންމަތް ވެސް ފަޚުރުވެރިވާނެ ފަދަ ޒުވާނެއްކަން ކަށަވަރެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއަށް އަމާޒުކޮށް އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 18،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ވަނީ ދާދި ފަހުން ބުނެފައެވެ. އެގޮތުން ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 49،200 އަށް އަރައިފައިވާއިރު، ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

 
 

ޣައްޒާގެ ސިއްހީ ނިޒާމު އެއްކޮށް ބަލިކަށިވެފައިވާއިރު، ޣައްޒާގައި މަސައްކަތްކުރާ 300 އަށްވުރެ ގިނަ ސިއްޙީ ފަރުވާދޭ މީހުން ވެސް ވަނީ ޝަހީދުވެފައެވެ. ހަމަލާތައް ދޭން ފެށި ފަހުން 50 އަށްވުރެ ގިނަ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ މަސައްކަތް ހުއްޓައިލަން ވަނީ މަޖުބޫރުވެފައެވެ. ހަމަލާތަކުގެ ސަބަބުންނާއި ތެޔޮ ނެތުމުން 100 އަށްވުރެ ގިނަ އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށްވެސް ސިއްޙީ ވުޒާރާއިން ބުނެއެވެ.

ހަމައެއާއެކު ޣައްޒާގެ ހޮސްޕިޓަލްތަކަށް ބަލި މީހުން ބަލާނެ އިތުރު ހޮސްޕިޓަލްތައް ވެސް ބޭނުންވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދެެއެވެ. ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ގާތްގަނޑަކަށް 1.9 މިލިއަން މީހުން ތިބިއިރު، އެއީ ޣައްޒާގެ 2.3 މިލިއަން އާބާދީގެ 80 އިންސައްތައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1