ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ކެނދިކުޅުދޫގެ ތަފާތަކަށް ރާއްޕެ!

Golden Futsal Challenge gai Kendhikulhudhoo ge thafaathakah Raappe!

ރާއްޕެ - ފޮޓޯ / އިމޭޖެސް އެމްވީ

1

އުމުރުން އެންމެ 15 އަހަރުގައި ކެނދިކުޅުދޫގެ ސީނިއާ ޓީމުން ޖާގަ ހޯދި އިސްމާއިލް ރާއިފް (ރާއްޕެ) އަށް މިފަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖަކީ ޚާއްސަ މުބާރާތެކެވެ. ކުޑައިރުން ފެށިގެން ވެސް ޓީވީއިން އެ މުބާރާތް ބަލަނީ ހުނަރުވެރި ކުޅުންތެރިންގެ ކުޅުން ބަލައި، ދަސްކޮށް ފުޓްސަލްގައި ކޮންމެވެސް ދުވަހަކުން ފިޔަ ޖަހާލުމުގެ އަޒުމުގައެވެ.

އެތައް އަހަރެއް ފަހުން އެކަން ހަގީގަތަކަށް ހަދަން ލިބުނު ފުރުސަތާއެކު ރާއްޕެ ވެގެން ދިޔައީ މިފަހަރުގެ މުބާރާތުގައި ޓީމުގެ ތަފާތަކަށެވެ.

އަތޮޅު ރައުންޑުގެ ފައިނަލުގައި އެންމެ ވާދަވެރި މާފަރު ޓީމާ ބައްދަލު ކުރި މެޗަކީ ކެނދިކުޅުދޫއަށް މުބާރާތުގައި ހިންދެމިލައި، ހަތް އަހަރު ފަހުން މުބާރާތުގެ އެ ތަށި އަލުން ހިއްލާލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. އިދިކޮޅު ޓީމުން މެޗު ފެށުނީއްސުރެން އުފެއްދި ނުރައްކާތެރި ހަމަލާތަކާއެކު ޓީމަށް ކުރިމަތިވި ބޮޑު އިމްތިހާނުން ޓީމު ފާސްކޮށްދިނުމުގައި ތަފާތަކަށްވީ ޓީމުގެ "ވޯލް" ރާއްޕެ އެވެ. އެ މެޗުގައި މޮޅު ކުޅުމެއް ދައްކާ އަތޮޅުގެ ރަން ތަށި އުފުލާލި މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އެއީއެވެ.

ރާއްޕެގެ މި ކާމިޔާބީއަކީ އޭނަ ދެކޭ ގޮތުގައި ވަރަށް ދުވަހު ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެގެން ދިއުމެވެ. އެތައް އަހަރެއް ވަންދެން އެ މުބާރާތް ކުޅުމުގެ އަޒުމުގައި ހުރި ރާއްޕެއަށް މެޗުން ލިބުނު ހިތްވަރާއެކު ހުރީ ގޯލްޑެންގެ މި މުބާރާތުގައި ދެވުނު އެންމެ ދުރަކަށް ޓީމާއެކު ދިއުމުގެ އުންމީދުގައެވެ.

"އަސްލު ހިއެއް ނުކުރަން މިހާ ހިސާބަށް އާދެވިދާނެ ކަމަކަށް. ވަރަށް ބޮޑަށް ސަޕްރައިޒްވި އަސްލު. ޓީމުގެ ކުޅުން ވަރަށް ބޮޑުތަނުން ރަނގަޅުކޮށް، ސެމީއާ ހިސާބަށް ގޮސް ފައިނަލަށް ވެސް ދެވިދާނެކަން އިނގޭ،" ރާއްޕެ ބުންޏެވެ.

ރާއްޕެ ބުނީ އުމުރުން އެންމެ 15 އަހަރުގައި ރަށުގެ ސީނިއާ ޓީމުން ލިބުނު ފުރުސަތުގެ ފައިދާ ނަގައިގެން މި ހިސާބަށް އާދެވުމަކީ އޭނާއަށް ފުޓުބޯޅައިގައި ކުރެވުނު އެންމެ މުހިއްމު އެއް ތަޖުރިބާ ކަމަށެވެ. ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގަދަ 16 އަށް ރަށު ޓީމު ގެންދަން ލިބުމަކީ އިތުރަށް އެކަން ޚާއްސަވެގެން ދިޔަކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.

"މިއީ ރަށު ޓީމަށް ކުޅޭ ހަތަރުވަނަ މުބާރާތް. ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތުގެ ތަށި ލިބިއްޖެ. އެހެންވެ، އިތުރަށް ކުރިއަށް ގޮސްގެން މި މުބާރާތުގައި ރަނގަޅު ހިސާބަށް ދިއުމަކީ އެންމެ ބޮޑު ޓާގެޓު"

މިއަދު ކުޑަހުވަދޫއާ ދެކޮޅަށް ނިކުންނަ މި މެޗަކީ ރާއްޕެ ދެކޭ ގޮތުގައި ކެނދިކުޅުދޫ ޓީމަށް މުބާރާތުގައި މިހާތަނަށް ކުޅޭނެ އެންމެ ޗެލެންޖިންގް މެޗެވެ. އެތައް ރައްޓެހިންނަކާ ދެކޮޅަށް ކުޅެން ޖެހުނު ނަމަވެސް ރާއްޕެ މެޗަށް ނުކުންނާނީ އޭނަގެ ހަށިގަނޑު ކެނދިކުޅުދޫގެ "ފާރު" ގެ ގޮތުގައި ދެކިގެންނެވެ.

ފުޓުބޯޅައިގެ އާއިލާއަކަށް އުފަން ރާއްޕެގެ އެދުމަކީ ވީހަވެސް ގިނަބަޔަކު މިރޭ ޓީމަށް ސަޕޯޓް ކޮށްދިނުމެވެ.

ލިޔުން ޙިއްސާ ކުރައްވާ

1 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ކޫ

27 ފެބުރުވަރީ 2024

އިންޝާﷲ ކެނދިކުޅުދޫގެ އެންމެން މިތިބީ ކެނދިކުޅުދޫ ފުޓްސަލް ޓީމާ އެކީ.... ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދެން...

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1