އަބްދުއްރަހްމާން ދައުލަތަށް ޚިދުމަތްކުރުމުގައި ހޭދަކުރެއްވި 49 އަހަރު: "މަސައްކަތަށް ލޯބި އޮތުމާއި އެކުވެރިކަން މުހިންމު"

AbdulRahman dhaulathah khidhumaiy kurumugai heydhakurevvi 49 aharu: "Masakkathah loabi othumaai ekuverikan muhimmu"

ގިނަ ދުވަހު ދިވެހި ދައުލަތަށް ޙިދުމަތްކުރެއްވުމާ ގުޅިގެން ޢަބްދުއްރަޙްމާން މުހައްމަދުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިނާމް ހަވާލުކުރައްވަނީ --

0

ދިވެހި ދައުލަތް ވެއްޓި، އިނދަޖެހި އަލުން ނަގައި ކޮޅަށް ޖެހި މަންޒަރާއި މިއަދު ރާއްޖެ ދެކެމުން މި އަންނަ ތަރައްގީ އެންމެ ގާތުން ފެނުނު އެކަކަކީ ނ. ކެނދިކުޅުދޫ ޢަބްދުއްރަޙްމާން މުޙައްމަދު އެވެ. ބޮޑުވަޒީރުކަން ނިއުޅި، ރިޔާސީ ނިޒާމަކަށް ދިވެހި ދައުލަތް ބަދަލުވެގެން އައިސް ޒަމާނީ ގޮތްގަނޑަށް ދައުލަތް ހިންގަން ފެއްޓެވުމުގައްޔާއި އެކަން ދެމެހެއްޓުމުގައިވެސް ޢަބްދުއްރަޙްމާންގެ ދައުރު ބޮޑެވެ. ދައުލަތަށް 49 އަހަރު މެދުކެނޑުމެއްނެތި ކޮށްދެއްވި އިޚްލާސްތެރި އެމަސައްކަތަކީ ފަޚުރުވެރި އަދި ތައުރީފް ހައްގު މަސައްކަތެކެވެ.

ޢަބްދުއްރަޙްމާން މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 30 މާރިޗު 1959ގައި ކެނދިކުޅުދޫ ނާއިބުކަމުގެ މަގާމުންނެވެ. އުމުރުފުޅުން އެންމެ 18 އަހަރުގައި ދައުލަތަށް މަސައްކަތް ކުރައްވަން ފެއްޓެވިއިރު، މިއަދާ ހަމައަށްވެސް ފެނިވަޑައިގަންނަވަނީ ހީވާގި އަދި މަސައްކަތްތެރި ބޭފުޅެއްގެ ގޮތުގައެވެ. 

އުމުރުފުޅުން 81 އަހަރުގެ ޢަބްދުއްރަޙްމާނަކީ ކެނދިކުޅުދޫގެ ވެރިކަމުގެ މަގާމުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވައިފައިވާ އަދި އެރަށުގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ އަދި ރަށުގެ ރައްޔިތުންގެ ލޯތްބާއި، އިޙްތިރާމް ހޯއްދަވައިފައިވާ ބޭފުޅެކެވެ. 6 އޮގަސްޓު 1959 ން 5 މާޗު 1981ގެ ނިޔަލަށް ކެނދިކުޅުދޫ ކަތީބުކަން ކުރެއްވިއިރު، ޢަބްދުއްރަޙްމާން މުޙައްމަދު ފާހަގަކުރެވިފައިވަނީ، އެކި ކަންކަމުގައި ރައްޔިތުންނަށް ނަމޫނާ ދެއްކެވި އިޚުލާޞްތެރި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. އޭގެފަހުން، ނ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ފުރުއްވުމަށްފަހު، ނ އަތޮޅު އަތޮޅުވެރިކަންވެސް ޢަބްދުއްރަޙްމާން މުޙައްމަދު ކުރެއްވިއެވެ.

ޢަބްދުއްރަޙްމާން ޒުވާން ދުވަސްވަރުގެ ފޮޓޯއެއް --- ފޮޓޯ: މުހައްމަދު ސަލީމް

ޢަބްދުއްރަޙްމާނަކީ، ނ. އަތޮޅު އަތޮޅުވެރިކަމުގެ އިތުރުން، ދ. އަތޮޅު އަތޮޅުވެރިކަމާއި، ޏ. ފުވައްމުލަކު އަތޮޅުވެރިކަމާއި، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ވެރިކަންވެސް ކުރެއްވި ބޭފުޅެކެވެ. ދ. އަތޮޅު އަތޮޅުވެރިކަން 3 އަހަރަށްވުރެ ގިނަ ދުވަހު، ފުވައްމުލަކު އަތޮޅުވެރިކަން 6 އަހަރަށްވުރެ ގިނަ ދުވަހު އަދި ގއ. އަތޮޅު އަތޮޅުވެރިކަން ދޮޅު އަހަރެއްހާ ދުވަހު ކުރައްވާފައިވެއެވެ.

"އަޅުގަނޑު ވަރަށް އުފާވި އަޅުގަނޑު ދިވެހި ދައުލަތަށް ކޮށްދެއްވި މަސައްކަތްތައް ދިވެހި ސަރުކާރުން ބަލައިގަނެ، އެކަމުގެ އަގުވަޒަން ކުރެއްވީމަ" ރަށްފުށު އޮންލައިންއަށް ޢަބްދުއްރަޙްމާން ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ.

ޢަބްދުއްރަޙްމާން ވިދާޅުވީ މީގެ ކުރިން އެއިނާމް ހޯއްދެއްވުމަށް ކުރަން ޖެހިވަޑައިގަންނަވާ ގޮތަކީ އަމިއްލައަށް ފޯމު ލައިގެން އެކަން ކުރުންކަމަށް ވުމުން އެގޮތް އޭނާ ބެނުންފުޅުވެ ނުލެއްވީކަމަށެވެ. ނަމަވެސް ސަރުކާރުން މިފަހަރު އޭނާ ހޯއްދަވައިގެން ސުވާލު ކުރައްވައިގެން އެޖަލްސާއަށް ވަޑައިގެންނެވުމަށް ދައުވަތު ދެއްވުމުން އެކަން ކުރެއްވީ ކަމަށެވެ. އަދި އެކަން އޮންނަން ޖެހޭނެ އެންމެ މޮޅު ގޮތަކީ ވެސް ސަރުކާރުން ދިރާސާ ކޮށްގެން އިނާމް ލިބެންޖެހޭ ފަރާތްތައް އަގުވަޒަން ކުރެއްވުން ކަމަށާއި އެހެން ނަމަވެސް އަމިއްލަފުޅަށް ވެސް ފެނިވަޑައިގަންނަވާނަމަ ފޯމު ލައިގެން އިނާމު ހޯދުމަކީވެސް އެންމެ ރަނގަޅު ގޮތެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"އެ ދުވަހާއި މިދުވަސް ވަރަށް ތަފާތު ދެއްތޯ. އޭރު ރަށްރަށަށް ގެންނަ ތަރައްގީއާއި މިއަދާ އަޅާބަލައި އިރު ވަރަށް ބާރު މިނެއްގައި ތަރައްގީ އަންނަތަން ފެންނަމުން މިދަނީ. އަޅުގަނޑު ގަބޫލުކުރަނީ އެދުވަހު ދައުލަތުގައި ތިއްބެވި ވެރިން ކުރެއްވި މަސައްކަތުންނާއި، ބިންގަލެއް ބިނާކުރެއްވީމަ މިއަދު އެކަންކަމަށް ފަސޭހަވެގެން މިދަނީ"

 

ޢަބްދުއްރަޙްމާން ދައުލަތަށް ޙިދުމަތްކުރެއްވި ދުވަސްވަރުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ސަލީމް

މީގެ އިތުރުން ޢަބްދުއްރަޙްމާން ވިދާޅުވީ ދައުލަތަކަށް ވިޔަސް، ވަޒީފާއެއްގައި ވިޔަސް ގިނަ ދުވަހު އެތަނަކަށް ޙިދުމަތް ކުރެވޭނީ އެމީހެއްގެ ގައިގައި އިހުލާސްތެރިކަމާއި، މަސައްކަތަށް އޮންނަ ލޯތްބާއި، މަސައްކަތުގައި ދެން މަސައްކަތް ކުރާ އެހެން މީހުންނާއި އެކުވެރިވެގެން އިހްތިރާމްކޮށްގެން ކަމަށެވެ.

އެކި އަތޮޅުތަކުގެ އަތޮޅުވެރިކަމުގެ މަގާމުގައި ޢަބްދުއްރަޙްމާން ހުންނެވިއިރު، އެ އަތޮޅެއްގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދެވި އެކިއެކި މަޝްރޫޢުތައް ހިންގެވުމުގައްޔާއި އަދި އެމަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމެވުމަށްޓަކައި ކުރައްވައިފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށްލަންޖެހެއެވެ.

މީގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ، ފުވައްމުލަކުގެ އަތޮޅުވެރިކަމުގައި ޢަބްދުއްރަޙްމާން މުޙައްމަދު ހުންނެވިއިރު ހިންގަވައި ނިންމެވި ފުވައްމުލަކު ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތެވެ.

ޢަބްދުއްރަޙްމާން މުޙައްމަދު، އަތޮޅުވެރިކަން ކުރައްވަމުން ގެންދެވިއިރު، އެ އަތޮޅެއްގައި ހުރި ބޮޑެތި މައްސަލަތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ޙައްލު ކުރެއްވުމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކަކީ ކޮބައިތޯ ބައްލަވައި، ކަންކަން ނިންމަވަމުން ގެންދަވައިފައިވަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެންނެވެ. އަދި އެ އަތޮޅެއްގެ ރައްޔިތުންގެ މެދުގައި ސުލްހަ މަސްލަހަތު ޤާއިމުކުރައްވައި ދެމެހެއްޓެވުމަށް ޢަބްދުއްރަޙްމާން މުޙައްމަދު ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް އެކަމުގެ ނަތީޖާ ފެނިފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކެކެވެ.

މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމާއި، ރާއްޖެތެރޭގެ ވަކީލު ކަމުގެ މަގާމުވެސް ޢަބްދުއްރަޙްމާން މުޙައްމަދު ފުރުއްވައިފައި ވެއެވެ.

 

ގިނަ ދުވަހު ދިވެހި ދައުލަތަށް ޙިދުމަތްކުރެއްވުމާ ގުޅިގެން ޢަބްދުއްރަޙްމާން މުހައްމަދުއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިނާމް ހަވާލުކުރައްވަނީ --

1 މޭ 2008 ގައި ޢަބްދުއްރަޙްމާން މުޙައްމަދު، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު، 49 އަހަރަށްވުރެ ގިނަ ދުވަހު ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. ޢަބްދުއްރަޙްމާން މުޙައްމަދު ފާހަގަކުރެވިފައި ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާޖިބު އަދާކުރެއްވި އިޚުލާޞްތެރި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. އަދި ރަށުގެ ވެރިކަމާއި އަތޮޅުވެރިކަން ކުރެއްވުމުގައި ތަޖުރިބާކާރު ބޭފުޅެއްގެ ގޮތުގައިވެސްމެއެވެ.

ދައުލަތަށް މަސައްކަތް ކުރައްވާތާ 49 އަހަރަށްފަހު އެ ޚިދުމަތުން ރިޓަޔާ ކުރެއްވުމަށްފަހު މިއަދާ ޖެހެންދެންވެސް ޢަބްދުއްރަޙްމާން ފެނިވަޑައިގަންނަވަނީ މުރާލި އަދި މަސައްކަތްތެރި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އަމިއްލަ ވިޔަފާރީގައި ދުވަހުގެ ގިނަ ވަގުތު ހޭދަކުރާއިރު އުމުރުން 81 އަހަރުގައި ވެސް ފެންނަނީ ޝައުގުވެރިކަމާއެކު އެމަސައްކަތް ކުރައްވާތަނެވެ.

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1