ވިންޑް ވޯރިއާސް އަދި ނައިފަރު ޗެލްސީއަށް އުނދަގޫ މޮޅެއް

TMIC: Wind Warriors adhi Naifaru Chelsea ah undhagoo molheh

ދި މެންގްރޫވް އައިލެންޑް ފުޓުބޯޅަ ޗެމްޕިއަންޝިޕް 2024: ވިންޑް ވޯރިއާސް ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ/ ސިޑިބަރި

0

ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ފުޓުބޯޅަ ޗެމްޕިއަންޝިޕް 2024 ގެ ފެވަރިޓުންގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ، ވިންޑް ވޯރިއާސް އަދި ނައިފަރު ޗެލްސީ ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުޅުނު ގުރޫޕް ބީގެ ފުރަތަމަ މެޗުން ކުޑަފަރި އެސްސީގެ މައްޗަށް ވިންޑް ވޯރިއާސް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. 

މި މުބާރާތުގެ ފައިނަލުގައި ވެސް މީގެ ކުރިން ކުޅެފައިވާ ވިންޑް ވޯރިއާސްއިން މިފަހަރުގެ މުބާރާތަށް ކުރިމަތިލީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ހިމެނޭ ކުޅުންތެރިންތަކަކާއެކު "ސްޓާ ސްކޮޑެއް" ނަގައިގެންނެވެ. އެގޮތުން ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ކަމަށްވާ ހަސަން ނާއިޒު (ދާދު) އާއި އިބްރާހިމް އައިސަމް އަދި އަހުމަދު ނޫމާން (ނޫންބެ)ގެ އިތުރުން މުހައްމަދު ނާއިމް ހިމެނެއެވެ.

މީގެ އިތުރުން ސްރީ ލަންކާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ޗަލަނާ ޗަމީރާގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ކުޅެމުން އަންނަ އަބްދުﷲ ޔާމީން (ޔާނު) އާއި އަބްދުﷲ ޖުނައިސު (ޖޭންނެ) އާއި އަހުމަދު ނައުފަލް އަދި އިބްރާހިމް އުސާމާ އަދި އިޔާން އަބްދުލް އަލީމްގެ އިތުރުން ޝަނާން ރަޝާދު ހިމެނެއެވެ. 

މުޅި ރާއްޖެއަަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ކުޅުނު މިއަދުގެ މެޗު ފަށައިގެން ވިންޑް ވޯރިއާސްއިން ފުލުފުލުގައި ކުޑަފަރި ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވަނީ އުފައްދައިފައެވެ. އެގޮތުން ވިންޑް ވޯރިއާސްގެ ދާދު އާއި ޝަނާން އުފެއްދި ހަމަލާތައް ކުޑަފަރި ޓީމުގެ ކީޕަރު ހުސައިން އަނީސް ވަނީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފުގައި ވިންޑް ވޯރިއާސްއަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔައިރު، ކުޑަފަރި ޓީމުން ވަނީ ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން ކުޅެފައެވެ. ކުޑަފަރި ޓީމަށް ކުޅޭ ކުރީގެ ގައުމީ ޓީމުގެ ޑިފެންޑަރު އަލީ ސަންދޫހު ވަނީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

 

ދި މެންގްރޫވް އައިލެންޑް ފުޓުބޯޅަ ޗެމްޕިއަންޝިޕް 2024: ވިންޑް ވޯރިއާސް ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ/ ސިޑިބަރި

ދެވަނަ ހާފު ފަށައިގެން ވެސް ވިންޑް ވޯރިއާސްއިން ގޯލެއް ޖަހަން މަސައްކަތް ކުރި އިރު، އެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވާގޮތްވީ މެޗުގެ ފަހު 10 މިނަޓުގައެވެ. ޔާނު ނަގައިދިން ހުރަހަކުން އައިސަމް ވިންޑް ވޯރިއާސްއަށް ލީޑު ނަގައިދިން އިރު، ދެވަނަ ގޯލަކީ ޔާނުގެ ކޯނަރަކުން ދާދު ކާމިޔާބު ކުރި ގޯލެކެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދެ ގޯލަށް ވެސް އެސިސްޓްކޮށްދިން ޔާނުއެވެ.

މި ގުރޫޕުގައި ދެން އޮތް ނައިފަރު ޗެލްސީއާއި މަނަދޫ މިރޭ ކުޅުނު މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުން ނައިފަރު ކުރި ހޯދައިގެންނެވެ. 

މުބާރާތުންގެ ފެވަރިޓުންގެ ގޮތުގައި ގިނަބަޔަކު ފާޙަގަކުރާ ނައިފަރު ޓީމުން މިފަހަރުގެ މުބާރާތާ ދިމާކޮށް ރާއްޖެއިން ބޭރުން ގިނަ ކުޅުންތެރިންތަކެއް ވަނީ ގެނެސްފައެވެ. ނަމަވެސް މަނަދޫ ޓީމުން މިރޭގެ މެޗުގައި ދައްކާފައިވަނީ ސަޕްރައިޒިން ކުޅުމެކެވެ. މެޗުގެ 87 ވަނަ މިނެޓާ ހިސާބަށް ނައިފަރުގެ ވަރުގަދަ ޓީމު ވަނީ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓައިފައެވެ.

 

ނައިފަރުން މެޗުގައި ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އަލް ސައީދުއެވެ. 

މުބާރާތުގައި މާދަމާވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ހިންނަވަރު އަދި ޅޮހީ އެވެ. ރޭގަނޑު މެޗުގައި ކުޅޭނީ މާޅެންދޫ އަދި މާފަރެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1