ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ފުރަތަމަ ބުރުގައި 56 މީހުން ކޯސް ފުރިހަމަކޮށްފި

Rescue divers thamreen kurumu ge furathama buru gai 56 meehun course furihama kohfi

ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: މިނިސްޓަރު ޝިޔާމް / އެކްސް

0

ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ފިޝަރީޒް މިިނިސްޓްރީން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ. 

ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުރަތަމަ ބުރުގައި ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ތަމްރީން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެއީ

  •  ގދ. މަޑަވެލިން 8 ފަޅުވެރިން
  • ގއ. ކޮލަމާފުށިން 5 ފަޅުވެރިން
  • ގއ. ވިލިނގިލިން 14 ފަޅުވެރިން
  • ގއ. ދެއްވަދޫ އިން 7 ފަޅުވެރިން
  • ގއ. ނިލަންދޫ އިން 4 ފަޅުވެރިން 
  • ގއ. ދާންދޫ އިން 7 ފަޅުވެރިން 
  • ސ. މަރަދޫ އިން 11 ފަޅުވެރިންނެވެ. 

މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަ ކުރެ އެވެ. އެގޮތުން، ފުރަތަމަ ބުރުގައި 50 މީހުން ތަމްރީން ކުރުމަށް ހުޅުވާލުމުން ލިބުނު ތަރުހީބަށް ބަލައި މި ބުރުގައި 56 ފަޅުވެރިއަކު މިވަނީ ތަމްރީން ކޮށްފަ އެވެ. 

ޕްރޮގްރާމްގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް ނިންމާފައި އޮތީ އަންނަ އަހަރު، މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އަމާޒަކީ މަސްވެރިކަމުގައި އުޅޭއިރު ދިމާވާ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށް މަހަށް ދާ ކޮންމެ ދޯންޏަކުން އެކަކު ރެސްކިއު ޑައިވަރެއްގެ ފެންވަރަށް ތަމްރީން ކުރުމެވެ. އެކަމަށް ގާތްގަނޑަކަށް 300 އެއްހާ މީހުން ތަމްރީން ކުރަން ޖެހޭ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ. 

ރެސްކިޔު ޑައިވަރަކަށް ވުމަށް ޖުމްލަ ހަ ބައެއް (މޮޑިޔުލް) ފަޅުވެރިން ފުރިހަމަ ކުރަން ޖެހެ އެވެ. 

ފަޅުވެރިންގެ ތެރެއިން ރެސްކިޔު ޑައިވަރުން ތަމްރީނު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1