ރަސްމީ ޖަލްސާގައި ޕާޓީގެ ކެންޑިޑޭޓު، އަފޫއަށް ތާއީދު ހޯދުމަށް ރައީސް ވާހަކަފުޅު ދެއްކެވުމުން ކެނދިކުޅުދޫ ކައުންސިލުން އެކަން ކުށްވެރިކޮށްފި

Rasmee jalsa gai party ge candidate, Afu ah thaaeedh hoadhumah raees vaahaka fulhu dhekkevumun, Kendhikulhudhoo Council in ekan kuhveri kohfi

ރައީސް ޑރ. މުއިއްޒު ކެނދިކުޅުދޫއަށް ވަޑައިގެން އާންމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން

0

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ރަސްމީ ޖަލްސާގައި ޕާޓީގެ ކެންޑިޑޭޓު، އަފޫ ހާމިދަށް ތާއީދުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަމުން އެ ރަށުގެ ކައުންސިލުން އެކަން ކުށްވެރިކޮށްފި އެވެ. 

ކައުންސިލުން ދާދި ދެންމެއަކު އާންމު ކުރި ބަޔާނުގައި ރައީސް އޮފީހުގެ އެންގެވުމާ އެއް ގޮތަށް، ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ރައީސް ކެނދިކުޅުދޫއަށް ކުރައްވާ ދަތުރުފުޅުގެ އެންމެހާ ކަންކަން ކައުންސިލުން އިންތިޒާމް ކޮށްދެއްވިކަމަށް ބުނެފައިވެ އެވެ. އަދި ރަށަށް ފައިބައިވަޑައިގަތުމަށް ފަހު ރަށުގެ ރައްޔިތުންނާ މުހާތަބު ކުރުމަށް ބޭއްވި ހަފްލާގެ އެންމެހައި އިންތިޒާމެއް ހަމަޖެއްސީ ކައުންސިލުން ކަމަށް ބަޔާނުގައިވެ އެވެ. 

އެހެންނަމަވެސް، އެ ހަފްލާގެ ވަކި ހިސާބަކުން، ރައީސް ދެއްކެވި ވާހަކަފުޅުގެ މިސްރާބު ބަދަލުވެގެންދިޔައީ، ސިޔާސީ ޕޯޑިއަމެއްގައި، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދެއްކެވި ވާހަކަފުޅަކަށް ކަމަށް ބުނެ ކައުންސިލުން ކަންބޮޑުވުން ފާޅު ކުރެ އެވެ.

"ކައުންސިލަށް އެ ހަފްލާ ސިފަވެގެންދިޔައީ، ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ވަޑައިގެން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ގޮތުގައި،" ބަޔާނުގައި ވެ އެވެ. 

މީގެ އިތުރުން، ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް އެ މަގާމަށް ހޮވިވަޑައިގެންފައިވާ ފަރާތަކަށް ވާތީ، އެ މަގާމު ފުރުއްވުމުގައި ވަކި ޕާޓީއެއް ޕްރޮމޯޓްކޮށް، ސިޔާސީ ގޮތުން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ އޭގެ ޒާތުގައި ގާނޫނަކުން މަނާ ކޮށްފައިވާ ކަމަކަށް ނުވިޔަސް އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތައް ބޭނުންކުރުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ. 

އެ ގޮތުން އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތައް ބޭނުންކުރުމަކީ ގާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 19 ވަނަ މާއްދާއިން މަނާކޮށްފައިވާ އަދި އިންތިހާބަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ހިފަހައްޓަންޖެހޭ ސުލޫކާ ހިލާފު ކަމެއްކަމަށް ކައުންސިލުން ބުނެ އެވެ.

އަދި ކައުންސިލްގެ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިއަށްގެންދިޔަ މި ހަފްލާ އަކީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ މަގްސަދުގައި އިންތިޒާމުކުރެވުނު ހަފްލާއަކަށް ބަދަލުވެގެންދިޔަ ދިޔުމަކީ ކައުންސިލުގެ ފަރާތުން ކުށްވެރި ކުރާ ކަމެއްކަމަށް ކައުންސިލުން ބުނެ އެވެ. ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުންހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރު ކުޑަ ވާނެ ކަމަށް ކައުންސިލުން ދެކެ އެވެ. 

އެހެންކަމުން ކުރިއަށް އޮތް ތަނުގައި، މިފަދަ އަމަލުތައް ތަކުރާރު ނުކުރެއްވުމަށް ކައުންސިލުގެ ބަޔާނުގައި އެދިފައިވެ އެވެ.

ކެނދިުޅުދޫ  ކައުންސިލުން  މީގެ  ކުރިން  މިފަދަ  ކަމަކާއި  ގުޅުވައިގެން  ބަޔާނެއް  ނެރަފައެއް  ނުވެއެވެ.  އެހެންނަމަވެސް  މީގެ  ކުރިން  ކެނދިކުޅުދޫއަށް  ވަޑައިގަންނެވި  ރައީސުންގެ  ދަތުރުފުޅުތަކުގައި  ވެސް  ވަނީ  ކައުންސިލްގެ  ވަސީލަތްތަށް  ބޭނުންކޮށްފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1