ރަށުބޯޅަ ފުޓްސަލް ކަޕުގެ ސްޕޮންސާޝިޕަށް ހުޅުވާލައިފި

Rashu Boalha Futsal Cup ge sponsorship ah hulhuvaalaifi

އާރްބީއެފްސީ 2023 ގެ ޗެމްޕިއަން ޓްރޮފީ ދައްކާލުން --- ކެޕްޗާސް

0

ނ. އަތޮޅުގެ ރަށްތަކާއި ރިޒޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެ އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރަށުބޯޅަ ފުޓްސަލް ކަޕް (އާރްބީއެފްސީ) ގެ މިއަހަރުގެ މުބާރާތުގެ ސްޕޮންސާޝިޕަށް ހުޅުވާލައިފިއެވެ.

ނ.ކެނދިކުޅުދޫގައި މިދިޔަ އަހަރު ބާއްވަން ފެށި މި މުބާރާތް ކާމިޔާބުކަމާއެކު ފަސް ރަށަކުން ޖުމުލަ ނުވަ ޓީމަކާއެކު ކުރިއަށް ގެންގޮސްފައިވަނީ ރިޒޯޓް ބޯއީސް ފުޓްސަލް ކަޕްގެ ނަމުގައެވެ. އެ މުބާރާތް ރީބްރޭންޑުކޮށް، މުބާރާތުގެ ހައިބަތު އިތުރަށް ބޮޑުކޮށް މިއަހަރު ބާއްވަން ތައްޔާރުވަމުން އަންނަ އިރު، މިފަހަރުގެ މުބާރާތުގައި ޓީމުތައް އިތުރުކުރާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ރަށު އެކުވެރިން ޕވޓ ލޓޑ އިން މައުލޫމާތު ވަނީ ދީފައެވެ.

އެގޮތުން މިއަހަަރުގެ މުބާރާތް ރިޒޯޓްތަކާއި، އިތުރު ރަށްރަށަށް ފުރުސަތު ދީގެން ޖުމުލަ 16 ޓީމަކަށް ފުރުސަތު ދޭން ވަނީ ނިންމާފައެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް އެ ފުރުސަތު ހުޅުވާލުމުން ރަޖިސްޓްރީވާ އެންމެ ފުރަތަމަ 16 ޓީމަށް ފުރުސަތު ދޭންވެސް ވަނީ ނިންމާފައެވެ.

މިފަހަރުގެ މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އިރު، ފަސް ކެޓަގަރީއަކަށް ސްޕޮންސާޝިޕް ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން ޓައިޓަލް ސްޕޮންސަރުންނާއި، ޕްލެޓިނަމް އަދި ގޯލްޑްގެ އިތުރުން ސިލްވާ އަދި ބްރޯންޒް ސްޕޮންސަރަކަށް ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މީގެ އިތުރުން މުބާރާތުގެ އެކިކަންކަމަށް ޕާޓްނަރަށް ވުމުގެ ފުރުސަތުވެސް މިއާއެކު އޮތީ ހުޅުވާލަައިފައެވެ.

"މި މުބާރާތަކީ ނ އަތޮޅުގެ ޒުވާނުންގެ މެދުގައި ފުޓްސަލްގެ ފޯރި އިތުރުކުރުމަށް މި އަތޮޅުގައި ބޭއްވިގެންދާނެ އެންމެ ބޮޑު ފުޓްސަލް މުބާރާތް. އަދި މި މުބާރާތް ވެގެންދާނީ ޒުވާނުންނަށް ފުޓްސަލްގެ ދުނިޔޭގައި ފިޔަޖަހަން ލިބޭ ރަނުގެ ފުރުސަތަކަށް. އުންމީދަކީ ރާއްޖޭގެ މަޝްހޫރި ބްރޭންޑުތަށް މި މުބާރާތުގެ ތެރެއިން ފެނިގެން ދިއުން،" އާރްބީއެފްސީގެ ފައުންޑަރ އަހުމަދު ސަމާއިލް އިސްމާއިލް މި ނޫހަށް ދިން އިންޓަވިއުގައި ބުންޏެވެ.

މިދިޔައަހަރުގެ މި މުބާރާތަށް ވެސް ބޮޑު އަތޮޅުތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ މުބާރާތް ޝަރަފްވެރިކޮށްދިނީ ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިފަހަރުގެ މުބާރާތުގައިވެސް ޓީމުތަކުން ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ފެނިގެންދާނެއެވެ.

މުބާރާތް ސްޕޮންސާކުރުމަށް ނުވަތަ މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތެއް ހޯދުމަށް ބޭނުންފުޅުވާނަމަ:

  • 9678028، 9803903

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1