ފުނަދޫ ދާއިރާއަށް މިފަަހަރު ނަމޫނާ ޒުވާނެއް: މަންޑޭ މިހުރީ ރައީސްގެ އަމާޒަށް ވާސިލް ވުމަށް ތައްޔާރަށް

Mandey mihury Raees ge amaazah vaasil vumah thayyaarah

ފުނަދޫ ދާއިރާގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓް މަންޑޭ

0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ފުރިހަމައަށް ތަންފީޒު ކުރުމަށާއި ދާއިރާގެ ޒުވާނުން ސިޔާސީ މައިދާނަށް ނެރި ބާރުވެރިކޮށްދޭނެ ކަމުގެ ވަޢުދާ އެކު ރައްޔިތުންގެ މަޖިލީހުގެ ށ، ފުނަދޫ ދާއިރާގެ ޕްރައިމަރީގައި މުހައްމަދު މަމްދޫހު (މަންޑޭ) ވާދަކުރަން ނިންމައިފިއެވެ.

ސްކޫލު ދައުރު ނިންމުމަށްފަހު ސިޔާސީ ދުނިޔެއަށް ލޯ ހުޅުވައިގަނެ، އެންމެ ފުރަތަމަ ވެސް މަންޑޭގެ އަމާޒަކަށްވީ ޕީޕީއެމްއާ ގުޅުމެވެ. އެ ޕާޓީގެ އަސާސްތަކާއި އެ ޕާޓީގެ ފަލްސަފާގައި ހިފައިގެން ހުރި މަންޑޭ މިފަހަރުގެ ޕްރައިމަރީގައި ވާދަކުރަނީ އެ ފިކުރު އިތުރަށް ދާއިރާގައި ފުޅާކޮށް، ޒުވާނުން އޭގެތެރެއިން އުފެއްދުމުގެ ބޮޑު އުންމީދާއެކުއެވެ. އެގޮތުން ޕީޕީއެމް އުފެދުނީއްސުރެން އިތުރު އަތަކަށް ނުޖެހި އެ ފިކުރުގައި އަދި މިއަދުވެސް ސަރުކާރާއެކު އެ ވިސްނުމުގައި ހުރި މަންޑޭގެ އަޒުމަކީ ސިޔާސީ ގޮތުން ދާއިރާއަށް ޒަމާނީ ބަދަލުތަކެއް ގެނައުމެވެ.

އެގޮތުން ޒަމާނީ ވިސްނުންތަކާއެކު ޒުވާނުން އިތުރަށް ބާރުވެރިކޮށް، ސަރުކާރުން ހިންގާ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށާއި، ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯ އެންމެ ފުރިހަމައަށް ތަންފީޒް ކުރުމަކީ މަންޑޭގެ އެންމެ ބޮޑު އަމާޒުތަކެވެ. 

އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ޑިގުރީ ހާސިލްކުރައްވާފައިވާ މަންޑޭއަކީ 2013، އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި ޕީޕީއެމްގެ މައި އޮފީހުގައި މުހިއްމު ދައުރެއް އަދާކޮށްދެއްވި ބޭފުޅެކެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ވަނީ ރައީސް ޑރ. މުއިއްޒުއަށް ތާއީދު ހޯދުމަށް އިސްވެ ހަރަކާތްތެރިވެފައިވެއެވެ.

"ސިޔާސީ މައިދާނުގައި މިވީ ދުވަސްތަކުގައި ލިބުނު ތަޖުރިބާއާއި ޢިލްމުގެ ބޭނުން ހިފައި، ދާއިރާގެ ޒުވާނުންނާއެކު ތަހުޒީބީ ޖީލެއް ބިނާކުރެވޭނީ ޒަމާނީ ބަޔަކު މީގެ ތެރޭގައި އުޅެގެން. މިދިޔަ ރިޔާސީ އިންތިހާބުގައި ޚާއްސަކޮށް ފުނަދޫއިން 70 އިންސައްތައިގެ ވޯޓު އަޅުގަނޑުމެން ޒުވާނުން ނުކުމެ ކާމިޔާބު ކުރުމުން ދޭހަވި އެއްކަމަކީ މިއޮތީ ޒުވާނުންނަށް މި ދާއިރާގައި ކުރިއަށް ދެވޭނެ ކަމުގެ ވަރުގަދަ ހެއްކެއްކަން. އިރާދަކުރެއްވިއްޔާ ޒުވާނުން ދެން ބާކީއެއް ނުވާނެ،" މަންޑޭ ވިދާޅުވިއެވެ.

 
މަންޑޭގެ ކެނޑިޑެސީ ފޯމު ޕީއެންސީ ރައީސް އަދުރޭއާ ހަވާލުކުރައްވަނީ 

މި ފަހަރުގެ ކެންޕޭނުގައި މަންޑޭ ފާހަގުކުރެވުނީ އެމްޑީޕީގެ ސަރުކާރުން ދައްކަމުން ދިޔަ ވަޒީފާގެ ބިރަށް ބެލުމެއްނެތި، ދައުލަތުގެ ކުންފުންޏެއްގެ ވަޒީފާގައި ހުރެ، ފާޅުގައި ނުކުމެ ސަރުކާރުގައި ހުރި މައްސަލަތައް ފާހަގަކުރި ޒުވާނެއްގެ ގޮތުގައެވެ. ރައީސް ޑރ. މުއިއްޒު ވަނީ ރިޔާސީ ކެންޕޭނުގައި އެކި ފަހަރު މަތިން މަމްދޫހުއަށް ހިތްވަރުދެއްވާ ވާހަކަދައްކަވާފައެވެ.

"މިދިޔަ އިންތިހާބުގައި އެމްޑީޕީއިން ކެމްޕޭން ކުރަމުން ދިޔައީ އެތައް ބަޔަކަށް ވަޒީފާ ދިނުމަށްފަހު ވަޒީފާގެ ބިރު ދައްކާ، އަދިވެސް އިތުރު ގިނަ ބަޔަކަށް ވަޒީފާ ދޭނެކަމުގެ ވައުދާއެކު. އެ އުނދަގޫ ހާލަތު މެދުވެރިވެފައި އޮތް ދަނޑިވަޅުގައިވެސް ޒުވާނުން އެކައްޗެއް ކިޔައި، މި ދާއިރާއިން ނުކުތް ޒުވާނުން ވަނީ ބޮޑު ނަތީޖާއަކުން ޕީއެންސީއަށް ކާމިޔާބު ހޯދައިދީފައި. ހަމަ އެގޮތުގައި ނުކުމެ ދާއިރާގެ ގޮނޑި ހޯދުމަކީވެސް އަޅުގަނޑުމެން ޒުވާނުންނަށް ވާނޭ ކަމެއް."

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1