މަޖިލީސް މެމްބަރުންގެ މުސާރަ ހައްދެއް ނެތްވަރަށް ބޮޑުކުރާތީ ރައްޔިތުންގެ ކަންބޮޑުވުން

Majilis member'unge musaara hah'dheh neih minvarah bodu kuraathee rayyithunge kanboduvun

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން. --- ފޮޓޯ: މަޖިލިސް

0

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ދައުލަތުގެ އިސް ވެރިންގެ މުސާރަ އަށް މަޖިލިހުން ގެންނަން އުޅޭ ބޮޑު ބަދަލާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، މަޖިލިސް ކޮންޓްރޯލް ކުރަމުން އަންނަ އެމްޑީޕީ އަށް މިއަދު ފާޑު ކިޔަން ފަށައިފިއެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ރައީސް އާއި ނައިބު ރައީސް އާއި މަޖިލިހުގެ މެމްބަރުންގެ އިތުރުން މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް އާއި ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް އަލުން ރިވިއުކޮށް، އެ މުސާރަތައް ބޮޑު ކުރުމަށް ނިންމައިފައެވެ. މި މުސާރަތައް ބޮޑު ކުރަން އަންނަ އަހަރަށް ލަފާކޮށް ކުރީ ސަރުކާރުން މަޖިލިހަށް ހުށަހަޅައިގެން ފާސްކުރި ބަޖެޓުގައި ވެސް އޮތެވެ.

މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑު ކިއުން އެންމެ ބޮޑަށް އަމާޒުވެފައި ވަނީ އެމްޑީޕީގެ މެމްބަރުންނަށެވެ. މިކަމުގައި ސަރުކާރުން ބުނެފައި ވަނީ މުސާރަތައް ބޮޑު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި މުސާރަތައް ބޮޑު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތް ނޫން ކަމަށާއި މިއީ ސަރުކާރާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް އެމްޑީޕީން ކުރި ކަމެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މާލިއްޔަތު ކޮމިޓީގެ ނިންމެވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް، ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ. އެއްވެސް މަޝްވަރާއެއް ކުރުމެތް ނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ އިޖްތިމާއީ ފަންޑަކަށް ހަދިޔާކުރަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމިޓީގެ ނިންމުމާ ހިޔާލު ތަފާތުވާ މީހުން ބުނާ ގޮތުގައި މިއީ އެމްޑީޕީ އަށް ވެރިކަން ނުލިބުނީމަ ކޮށްގެން އުޅޭ ކަމެކެވެ. އަދި އެމްޑީޕީގެ ބޭނުމަކީ ރައްޔިތުން ސަރުކާރާ މެދުގައި ޖައްސައި ނަފްރަތު އުފެއްދުން ކަމަށް ވެސް އެ މީހުން ދަނީ ބުނަމުންނެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1