އަދަބީ މިންގަނޑާ ޚިލާފުވުމުން ޖާބިރު އެމްޑީޕީއިން ވަކިކޮަށް، މަޖިލިސް ޓިކެޓް އަތުލައިފި

Adhabee min’gandaa hilaafu vumun Jabir MDP in vakikoh, majilis tikket athulaifi

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު - މަޖިލިސް

0

ކާށިދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވި, މިހާރު ވެސް އެ ދާއިރާގެ މަޖިލީހުގެ މެންބަރު, އަބްދުالله ޖާބިރުގެ ޓިކެޓް އިދިކޮޅު އެމްޑީޕީން އަތުލައިފިއެވެ.
 

މިއަދު އެމްޑީޕިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, 20 ވަނަ ރައްޔިތުންގެ މަޖިލިސްގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާ ކާމިޔާބުކުރެއްވި ހ.ތިމާވެށި އަބްދުﷲ ޖާބިރު، އެ ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ، އެ ކަމަކީ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަންލިބޭ ފަދަ ޢަމަލެއްކަމުގައިވާތީ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބަލާފައިވާ ކަމަށެވެ.

އެގޮތުން, އަބްދުﷲ ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި މިޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ, ޖާބިރު އެ ޕާޓީއާ އަލުން ގުޅުމަށް އެދުނުކަމުގައި ވީނަމަވެސް އެފުރުސަތު ލިބޭނީ އެ ޕާޓީގެ ޤައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމަވާގޮތެއްގެ މަތިންކަމަށެވެ.

އޭގެ އިތުރުން އެމްޑީޕީއާ ގުޅުމުގެ ފުރުސަތު ދެވުނުކަމުގައިވީ ނަމަވެސް އަބްދުﷲ ޖާބިރު އެ ޕާޓީގެ މެންބަރަކަށްވާ ދުވަހުންފެށިގެން މީލާދީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަޤާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ގޮތަށް ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމާފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1